ޚަބަރު

އަލްބޭނިއާއިން ބުނަނީ އިތުރަށް ވަގުތު ލިބުނުނަމަ މެޗު ކާމިޔާބުކުރެވޭނެ ކަމަށް


ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅުނު މެޗަށްފަހު ދެއްކި ވާހަކައިގައި އަލްބޭނިއާގެ ކޯޗު، ސިލްވީނިއޯ ބުނީ، އިތުރަށްވަގުތު ލިބުނު ނަމަ އޭނާގެ ޓީމުން މެޗު ކާމިޔާބުކުރީސް ކަމަށެވެ.

ސިލްވީނިއޯ މިހެން ބުނެފައިވަނީ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން، ސިލްވީނިއޯ ބުނީ، އެ މެޗު އެނަލައިޒްކުރަން ވަރަށް އުނދަގޫ ކަމަށާއި، އެކަމަކު މެޗުގެ ފަހުކޮޅުގައި އޭނާގެ ޓީމަށް ލިބުނު ފުރުޞަތުތައް ނިންމާލެވުނުނަމަ މެޗުން މޮޅުވާނެ ކަމަށެވެ. އަދި އިތުރަށްވަގުތު ލިބުނު އެއަށްވުރެ ރަނގަޅުވާނެ ކަމަށް ވެސް ސިލްވީނިއޯ ބުންޏެވެ.

ފަހު ހާފުގައި ކުޅެން ނިކުތް ކުޅުންތެރިންގެ ފަރާތުން މެޗުގެ ފަހުބައިގައި ދެއްކި ކުޅުމާއި ނަތީޖާއާ ބެހޭގޮތުން ސިލްވީނިއޯ ބުނީ، މެޗުގެ ދެވަނަ ހާފުގައި ވަރަށް ބޮޑަށް ގޭމް ބަދަލުވި ކަމަށާއި، ހާއްސަކޮށް ފަހު ހާފުގައި އޭނާ ގެނައި ބަދަލުތަކުން މުހިއްމު ދައުރެއް އަދާކުރި ކަމަށެވެ. އަދި އޭނާ ބަދަލުތައް ގެނައުމުގައި ވަރަށް ގިނަ ކަންތައްތަކަށް ސަމާލުކަންދީފައިވާނެ ކަމަށް ވެސް ސިލްވީނިއޯ ފާހަގަކުރިއެވެ.

ކްރޮއޭޝިއާ އަށް ވަރަށް ބޮޑަށް އިހުތިރާމްކުރަންޖެހޭނެ ކަމަށާއި، މިދިޔަ އަހަރުތަކުގައި އެ ޓީމުން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަމަށް ސިލްވީނިއޯ ބުންޏެވެ. އެ ޓީމުގައި މޮޅު ކުޅުންތެރިންތަކެއް ތިބި ކަމަށް ވެސް ސިލްވީނިއޯ ވަނީ ބުނެފައެވެ.

އޭނާގެ ޓީމުން ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، އެކަމަކު ފަހު ހާފުގެ 15-20 މިނެޓަށް އެ ޓީމަށް އުނދަގޫތައް ކުރިމަތިވިކަމަށް ސިލްވީނިއޯ ބުންޏެވެ.

ސިލްވީނިއޯ ބުނީ، މުޅި މެޗަށް ބަލާއިރު އޭނާގެ ޓީމަށް ޕޮއިންޓެއް ހައްގު ކަމަށެވެ.

މުބާރާތުގައި އަލްބޭނިއާ އަށް ދެން އޮތީ ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 އަންގާރަ ދުވަހުގެ ރޭ ރާއްޖޭގަޑިން 12 ޖަހާއިރު އެވެ.