ކުޅިވަރު

ނަތީޖާ އެގޮތަށް ނިކުމެދާނެ ކަމަށް އެއްވެސް މީހަކު ހީނުކުރާނެ: ޔޫކްރެއިން ކޯޗު


"
ގިނަ ވަގުތު ބޯޅަ ގެންގުޅުނީ އަހަރެމެން. އެކަމަކު، ރަނގަޅު ފުރުޞަތެއް ތަނަވަސްނުކުރެވުނު،
ސަރްހެއި ރެބްރޯވް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީ ގައި މިރޭ ރުމޭނިއާ އާ ދެކޮޅަށް ކުޅެ 3-0 އިން ބަލިވި މެޗަށްފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫކްރޭންގެ ކޯޗު، ސަރްހެއި ރެބްރޯވް ބުނީ، އެއީ އެއްވެސް މީހަކު ހީކުރިފަދަ ނަތީޖާއެއް ނޫން ކަމަށެވެ.

ރެބްރޯވް ބުނީ، ރުމޭނިއާ އަކީ މޮޅު ޓީމެއް ކަމަށާއި، މެޗުގެ ކުރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވެސް އޭނާ އެ ވާހަކަ ދައްކާފައިވާ ކަމަށެވެ. ހަމައެގޮތަށް އެމީހުން ފުރަތަމަ މެޗުގައި ހޯދީ މޮޅާއެކު އެކަން ސާބިތުކޮށްދީފި ކަމަށް ރެބްރޯވް ބުންޏެވެ.

ރެބްރޯވް އިތުރަށް ބުނީ، މިހާރު ޔޫކްރޭންގެ ހުރިހާ ފޯކަސްއެއް އޮތީ ސްލޮވާކިއާ މެޗަށް ކަމަށެވެ. ހުރިހާ އެންމެން ވާހަކަދެއްކުމަށްފަހު އެ މެޗަށް ފުރިހަމަ އަށް ތައްޔާރުވާންޖެހޭ ކަމަށް ރެބްރޯވް ބުންޏެވެ.

ޔޫކްރޭންގެ ކެޕްޓަން، ޓަރާސް ސްޓެޕަނެންކޯ ބުނީ، ރުމޭނިއާ އާ ދެކޮޅަށް އޭނާގެ ޓީމުގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ. އެ މެޗުގައި ފެނިގެންދިޔައީ އާއްމުކޮށް ފެންނަ ޔޫކްރޭން ނޫން ކަމަށާއި، ރުމޭނިއާ އަށް އެ މެޗުން މޮޅުވުން ހައްގު ކަމަށް ވެސް ސްޓެޕަނެންކޯ ބުންޏެވެ.

ސްޓެޕަނެންކޯ ވަނީ، ބާކީ ދެ މެޗު އެބައޮތް ކަމަށާއި، ޔޫކްރޭނުން ވަރުގަދަކޮށް ކުޅެ، ހާލަތު ބަދަލުކުރަންޖެހޭ ކަމަށް ބުނެފައެވެ.

މި މުބާރާތުގައި ޔޫކްރޭން ދެން ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހު ނިކުންނާނީ ސްލޮވާކިއާ އާ ދެކޮޅަށެވެ.