ޚަބަރު

މޯލްޑިވް ގޭސްގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކޮންސަލްޓެންސީ ދިނުމަށް އެފްޑީސީން އެއްބަސްވުމަކަށް


  • މިއީ 3 އަހަރު ދުވަހުގެ އެއްބަސްވުމެއް

  • މިއެއްބަސްވުމުގެ ދަށުން ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ކުރެހުންތައް ފޯރުކޮށްދޭނެ

މޯލްޑިވް ގޭސްގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކޮންސަލްޓެންސީ ދިނުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން މޯލްޑިވް ގޭސްއާއެކު ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ މަޤްސަދަކ،ީ މޯލްޑިވް ގޭސްގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް
ބޭނުންވާ އާކިޓެކްޗަރަލ،ް އިންޖިނިއަރިންގ އަދި ކުރެހުންތައް ފޯރުކޮށްދިނުމާއ،ި ކޮންސަލްޓެންސީގެ ޚިދުމަތް ދިނުމާއ،ި ދެފަރާތުން ގުޅިގެން ބާޒާރުގެ އަގުތަކަށްވުރެ ހެޔޮ އަގުތަކެއްގައި އިތުބާރާއެކު މި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހާމަކުރެއެވެ.

މިފަހުމްނާމާގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލެވެ. މޯލްޑިވް ގޭސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله މުހައްމަދެވެ.

މިފަހުމުނާމާގެ މުއްދަތަކީ ތިން އަހަރެވެ.

މޯލްޑިވް ގޭސްގެ އިތުރުން އެފްޑީސީން ދަނީ އިސްލާމިކް މިނިސްޓްރީއާއެކުވެސް ފަހުމުނާމާއެއްގެ ދަށުން މަސައްކަތްކުރަމުންނެވެ.