ޚަބަރު

ވީއައިއޭގައި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ ބިދޭސީއެއް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި އެއަރޕޯޓުގައި މާރާމާރީ ހިންގި މައްސަލައެއް ހުށަހަޅާފައިިވާކަމަށެވެ. އަދި އެމައްސަލައިގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގުކުރަމުންދާކަމަށެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ ބިދޭސީ މީހާ އެއަރޕޯޓުގެ ދެ މުވައްޒަފަކަށް ހަމަލާދެއެވެ. އަދި އޭނާ ހުއްޓުވަން ބައެއް މީހުން މަސައްކަތްކުރާ ތަންވެސް ވީޑިއޯއިން ފެނެއެވެ.