ޚަބަރު

ވިލުފުށި ކައިރީ އޮންނަ ފަޅުރަށަކަށް ދަތުރު ދިޔަ ކުއްޖަކު ގެންބިގެން ނިޔާވެއްޖެ


ތ. ވިލުފުށި ކައިރީ އޮންނަ ފަޅު ރަށަކަށް ދަތުރު ދިޔަ އަންހެން ކުއްޖަކު ގެނބިގެން ނިޔާވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ، ވިލުފުށި ކައިރީ އޮންނަ ފަޅުރަށަކަށް ދަތުރުގޮސް އުޅުނު އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ގެނބިގެން ނިޔާވެފައިވާ ކަމަށެވެ. މިމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެނދުރު 12:45 ގައި ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލާގައި ފުލުހުން ވިދާޅުވީ ކުއްޖާ ގެނބިގެން ވިލުފުށި ހެލްތު ސެންޓަރަށް ގެންދެވުނު ކަމަށެވެ. ނަމަވެސް ހެލްތު ސެންޓަރަށް ގެންދެވެނު އިރުވެސް ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރާއި ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ މިހާރު ތަހުޤީޤު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.