ޚަބަރު

ޕީއެންއެފް އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފި


  • ކޮންމެ ސިޔާސީ ޕާޓީއެއް ވެސް އުފެއްދުމަށް ޖަލްސާއެއް ބާއްވަން ޖެހޭ

  • ޕީއެންއެފް އުފައްދަން ހުއްދަ ދިނީ ޒެއިން ޔާމީން އަބްލްޤައްޔޫމަށް

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނަމުގައި ސިޔާސީ ޕާޓީ އުފެއްދުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.

އެ ކޮމިޝަނުން ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ޕީއެންއެފްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް 3000 މީހުންގެ ސޮއި ހުށަހަޅާފައިވާތީ އެ ޕާޓީ އުފައްދަން ހުށަހެޅުއްވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ދަރިކަލުން ޒެއިން ޔާމީން އަބްލްޤައްޔޫމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ޕީއެންއެފްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެ ޕާޓީ އުފައްދަން އިލެކްޝަނުން ހުއްދަ ދިނުމުން 3060 ފޯމު ހަމަކޮށް މިދިޔަ ފެބްރުއަރީ މަހު ވަނީ ހުށަހަޅައިފައެވެ.

ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެނީ ޕާޓީ އުފެއްދުމަށް ހުށަހަޅާ ފޯމުގެ ތެރެއިން 3000 ފޯމުގެ ސައްޙަކަން ކަށަވަރު ކުރުމަށްފަހުއެވެ.