ޚަބަރު

13 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ


  • ގެއްލިގެން ހޯދަނީ ރ. އިނގުރައިދޫ، ކަނބުރުގެ، ޢާއިޝަތު ޒީވާ ސަޢީދު

  • ގެއްލިފައިވާ ކަމަށް އޭޕްރިލް 01 ވަނަ ދުވަހުގެ ރޭ 07:45 ހާއިރު ރިޕޯޓުކޮށްފައިވޭ

  • އެންމެ ފަހުން ފެނިފައިވަނީ އެ ކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުން

13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ ރ. އިނގުރައިދޫ، ކަނބުރުގެ، ޢާއިޝަތު ޒީވާ ސަޢީދުކަމަށެވެ. އަދި އޭނާ މިހާރު އުޅެނީ ހުޅުމާލެ ފޭސް 2، އެޗް 12ގައިކަމަށާއި އާއިލާއަށް ޚަބަރެއްނުވެގެން ގެއްލިފައިވާ ކަމަށް އާއިލާއަށް ރިޕޯޓްކޮށްފައިވަނީ އޭޕްރިލް 01 ވަނަ ދުވަހުގެ ރޭ 07:45 އެހައިކަންހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ އެ ކުއްޖާ ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ޢާއިޝަތު ޒީވާ ސަޢީދު އެންމެ ފަހުން ފެނިފައިވަނީ އޭޕްރިލް 01 ވަނަ ދުވަހުގެ 18:00 އެހައިކަންހާއިރު، އެ ކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުން ކަމަށާއި އެއިރު އެކުއްޖާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި ހަމަ އެކުލައިގެން ޕޮކެޓް ޖިންސެއްކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ޢާއިޝަތު ޒީވާ ސަޢީދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ..