މާލޭގެ އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެއެވެ. 
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ޗާންދަނީމަގުގައި ހުރި އިމާރާތެއްގެ މަތިން ފިރިހެނަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ހެނދުނު 10:30 ހާއިރު ލިބިފައިވާ ކަމަށެވެ. ވެއްޓިފައިވަނީ އުމުރުން 20 އަހަރުގެ އިންޑިޔާ ފިރިހެނެކެވެ. މިމީހާ ވެއްޓުނީ އިމާރާތުގެ 9ވަނަ ފަންގިފިލާގެ ސިޑި ގޮޅިން އެންމެ ތިރިއަށް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. 
މިމީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗާ ހަވާލާދެއްވާ ފުލުހުންގެ ޚިދުމަތުންވަނީ ހާމަކުރައްވާފައެވެ.