ދުނިޔެ

ނިއުކްލިއަރ ހަކަތައާ ބެހޭ ބައްދަލުވުމެއް ސޯލްގައި ބާއްވައިފި


ނިއުކްލިއަރ ހަކަތައިގެ މައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ބައިނަލްއަޤްވާމީ އެޓޮމިކް ހަކަތައާ ބެހޭ އެޖެންސީ، އައި.އޭ.އީ.އޭއާއި ދެކުނުކޮރެއާއިން ސޯލްގައި ބައްދަލްވުމެއް ބާއްވައިފިއެވެ.

މިއީ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ސައުތް ކޮރެއާ-އައި.އޭ.އީ.އޭ ހައިލެވެލް ކޮންސަލްޓޭޝަންގެ ހަތަރުވަނަ ބައްދަލްވުމެވެ. މިބައްދަލްވުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އައި.އޭ.އީ.އޭއިން އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތެރޯ ވަރްޖޮރަންތާ އަދި ދެކުނުކޮރެއާގެ ޑެޕިއުޓީ މިނިސްޓަރ ފޮރ މަލްޓިލެޓަރަލް އެންޑް ގްލޯބަލް އެފެއާރޒް ޗޮއި ޖޮންގް މޫންއެވެ.

މިބައްދަލުވުމުގެ ތެރެއިން އުތުރުކޮރެއާއިން ނިއުކްލިއަރ ހަކަތަ ޓެސްޓްކުރަމުންދާ މައްސަލައަށް ރައްދުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.