ޚަބަރު

މާދަމާއިން ފެށިގެން ރުބެއްލާ އަދި އެމްއާރު ވެކްސިން ދޭން ފަށަނީ


  • މިކެމްޕޭން ލޯންޗްކޮށްފައިވަނީ އެއިޑްސް ދުވަހުގެ

  • ވެކްސިން ދޭނީ ޢުމުރުން 18 މަހާއި 49 އަހަރާއި ދެމެދުގެ މީހުންނަށް

  • ދިވެހިންނާއި ބިދޭސީންނަށް ވެކްސިން ދޭނެ

  • ވެކްސިންގެ 2 ޑޯޒު ނުޖަހާ ތިބި އެންމެނަށް ވެކްސިން ޖެހޭނެ

މާދަމާއިން ފެށިގެން މީސްލްސް އަދި ރުބެއްލާއަށްދޭ އެމްއާރު ވެކްސިންގ ދޭން ފެށުމަށް ހަމަޖެހިފައިވާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ވެކްސިން ދިނުމުގެ ކެމްޕެއިން މިއަހަރު ރަސްމީކޮށް ލޯންޗްކޮށްފައިވަނީ ދުނިޔޭގެ އެއިޑްސް ދުވަހާއި ގުޅިގެން ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސިއްޙީ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ މެދުތެރޭގައި ރާއްޖެއިން ހިމަބިހީގެ ކޭސްތައްކެއް ފެނިފައިވާކަމަށެވެ. އެހެންކަމުން މިބަލި އިތުރަށް ފެތުރުނަނުދިނުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން މީސްލްސް ވެކްސިން ދިނުމުގެ ޤައުމީ ކެމްޕެއިން ފެށުމަށް ނިންމީކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވިއެވެ. އެހެންކަމުން ބުރާސްފަތި ދުވަހުން ފެށިގެން މިކެމްޕޭން ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. މި ވެކްސިން ދޭނީ ޢުމުރުން 18 މަހާއި 49 އަހަރާއި ދެމެދުގެ ދިވެހިންނާއި ބިދޭސީންގެ ތެރެއިން މީސްލްސް ވެކްސިންގެ 2 ޑޯޒް ފުރިހަމަނުވާ ފަރާތްތަކަށެވެ.

މިކެމްޕެއިންގެ ދަށުން ދަމަނަވެށްޓާއި، އޭޑީކޭއާއި، ހުޅުމާލޭ ހޮސްޕިޓަލާއި ހުޅުމާލޭ ފެސް 2 ގައި ހުރި ޖީޕީ ކްލިނިކްގައިވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުންވެސް ވެކްސިން ދޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ރާއްޖޭގައި އެމްއާރް ވެކްސިން ތަޢާރަފްކޮށްފައިވަނީ 1983 ވަނަ އަހަރުގައެވެ. އޭގެފަހުން ރާއްޖޭގެ މީސްލްސް ރުބެއްލާ ވެކްސިން ކަވަރޭޖްވަނީ 95 އިންސައްތައަށްވުރެ މަތީގާއި ހިފަހައްޓާފައެވެ. މިކާމިޔާބީއާއެކު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވަނީ 2017 ވަނަ އަހަރު ހިމަބިހި އަދި 2020 ވަނަ އަހަރު ރާއްޖެއަކީ ރުބެއްލާ ނައްތާލެވިފައިވާ ޤައުމެއްގެގޮތުގައި ކަނޑައަޅާފައެވެ.

އެހެންނަމަވެސް 2020 ވަނަ އަހަރު ރާއްޖޭގައި ޕީސީއާރް ޕޮޒިޓިވް މީސްލްސް ކޭސްތަކެއް ފެނުމާއި ގުޅިގެން މުޅި އަހަރު ރާއްޖެއަށް ހުޅުވާލައިގެން އެމްއާރް ވެކްސިން ކެމްޕޭނެއްވަނީ ކުރިއަށްގެންގޮސްފައެވެ.