ޚަބަރު

ނޭޝަނަލް ބޯޓިން އެސޯސިއޭޝަންގެ ރައީސަކަށް އާމިރު މަންސޫރު


ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެންބީއޭއެމްގެ އައު ދައުރުގެ ރައީސަކަށް އާމިރު މަންސޫރު އިންތިޚާބުކޮށްފިއެވެ.
އައު ދައުރަކަށް އާމިރު މަންސޫރު އިންތިޚާބުކޮށްފައިވަނީ މާގިރި ހޮޓެލްގައި ބޭއްވި އެއެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ.

އެންބީއޭއެމްގެ ނައިބު ރައީސަކަށް ހޮވިފައިވަނީ އާމިނަތު ޞަލާހްއެވެ.

މިޖަލްސާގައިވަނީ އެންބީއެމްއޭ އެގްޒެކެޓިވް ބޯޑު މެމްބަރުންގެ ދައުރު ހަމަވެފައިވާތީ އައު ދައުރުގެ ބޯޑަށްވެސް މެމްބަރުންވަނީ އައްޔަންކޮށްފައެވެ. އެގޮތުން މިބޯޑަށް 9 މެމްބަރުންވަނީ އައްޔަންކޮށްފައެވެ. އައު ބޯޑު އިންތިޚާބު ކުރުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ޖަލްސާގައި ހާޒިރުވި 37 މެމްބަރުންގެ ސިއްރު ވޯޓަކުންނެވެ

އެންބީއޭއެމްގެ ބޯޑަށް އިންތިޚާބުވި މެމްބަރުން:

* އާމިރު މަންސޫރު - ރައީސް
* އާމިނަތު ސަލާހް - ނައިބު ރައީސް
* އަހުމަދު އިބްރާހީމް - ހަޒާންދާރު
* މަރިޔަމް މާއިޝާ (މާއި) - ސެކްރެޓަރީ ޖެނެރަލް އަދި އެގްޒެކެޓިވް ބޯޑު މެންބަރު
* އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) - އެގްޒެކެޓިވް ބޯޑު މެންބަރު
* އަހުމަދު އަފްރާހް - އެގްޒެކެޓިވް ބޯޑު މެންބަރު
* އިބްރާހީމް ޝާހިދު - އެގްޒެކެޓިވް ބޯޑު މެންބަރު
* އަހުމަދު ޒުބައިރު އާދަމް - އެގްޒެކެޓިވް ބޯޑު މެންބަރު
* އަބްދުﷲ ނަޝީދު - އެގްޒެކެޓިވް ބޯޑު މެންބަރު
* ހުސައިން އަމާން - އެގްޒެކެޓިވް ބޯޑު މެންބަރު
* އިސްމާއިލް ޝަރީފް - އެގްޒެކެޓިވް ބޯޑު މެންބަރު
* ހަސަން ހަލީމް - އެގްޒެކެޓިވް ބޯޑު މެންބަރު

މިޖަލްސާގައި އެންބީއޭއެމްގެ ކުރީގެ ރައީސް އިސްމާޢީލް ޙަމީދު ދެއްކެވި ވާހަކައިގައި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އެއެސޯސިއޭޝަނަށް ކުރިމަތިވި ގޮންޖެހުންތަކާއި ހޯދި ކާމިޔާބީތަކަށް ފާހަގަކޮށް މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.

އެންބީއޭއެމްގެ އަހަރީ އާންމު ޖަލްސާގައިވަނީ ފާއިތުވި 16 އަހަރުތެރޭ އެ އެސޯސިއޭޝަނުން ހޯދާފައިވަ ކާމިޔާބީ އާއި ކުރިއެރުންތައް ވީޑިއޯ ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް ދައްކާލާފައެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ބޯޓިން ދާއިރާ ތަމްސީލުކުރުމަށް 2007 ވަނަ އަހަރު އުފެދުނު ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ އަމާޒަކީ، ސިނާޢަތުގެ ހުރިހާ ސްޓޭކްހޯލްޑަރުން އެއްތަނަކަށް ގެނެސް، ދެމެހެއްޓެނިވި ގޮތެއްގައި ސިނާޢަތް ޕްރޮމޯޓްކޮށް ކުރިއަރުވައި، ސިނާޢަތާ ގުޅޭ ސަލާމަތާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ސިނާއަތާ ގުޅުންހުރި ތަރައްގީގެ އެހެން ކަންތައްތައް ކުރިއެރުވުން ކަމަށް އެއެސޯސިއޭޝަނުން ހާމަކުރެއެވެ.