ޚަބަރު

ވިލާ ކޮލެޖުގެ ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑު މިއަހަރު 177 ދަރިވަރަކަށް


  • މިއީ ވިލާ ކޮލެޖުގެ އެންމެ މަތީ ވަނަތަށް ހާސިލްކުރާ ދަރިވަރުންނަށް ދޭ އެވޯޑެއް

  • 177 ދަރިވަރަކަށް އެކި ދާއިރާތަކުން އެވޯޑު ދިން

  • އަތޮޅުތެރޭގެ ކެމްޕަސްތަކުން ކިޔެވި ދަރިވަރުންނަށްވެސް އެވޯޑު ލިބުނު

ވިލާ ކޮލެޖުން ހިންގި އެކި ކޯސްތަކުން މަތީ ވަނަތައް ހާސިލްކުރި 170އަށްވުރެ ގިނަ ދަރިވަރުންނަށް "ސްޓޫޑަންޓް އެޗީޗްމަންޓް އެވޯޑް" ދީފިއެވެ. މި އެވޯޑުތައް ހަވާލުކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.

ވިލާ ކޮލެޖްގެ ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްއަކީ ވިލާ ކޮލެޖުން މަތީ ތައުލީމު ހާސިލްކޮށް ދަސްވެނިވާ ދަރިވަރުންގެ ތެރެއިން މަތީ ވަނަތައް ހާސިލް ކުރާ ދަރިވަރުއްނަށް ޚާއްޞަކޮށްގެން ދޭ އެވޯޑެކެވެ.

ވިލާ ކޮލެޖުގެ ސްޓޫޑަންޓް އެޗީވަމްނަޓް އެވޯޑު 177 ދަރިވަރަކަށް ވަނީ ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޤާސިމް އިބްރާހީމް އެވޯޑް ހާސިލްކުރި 27 ދަރިވަރުންނާއި، ވިލާ ކޮލެޖް ގޯލްޑް މެޑަލް އަދި އިންޑަސްޓްރީ ޕްރައިޒް ހާސިލުކުރި 53 ދަރިވަރުންނާއި، އޭސީސީއޭ ނޭޝަނަލް ރެސިޑެސް ޕްރައިސް ހާސިލްކުރި 4 ދަރިވަރުންގެ އިތުރުން ވިލާ ކޮލެޖްގެ ބުކް ޕްރައިސް އަދި ޑީންސް އެވޯޑް ހާސިލް ކުރި 93 ދަރިވަރުންނެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަހުމަދު އަންވަރު ވިދާޅުވީ އެކޮލެޖުގެ އެންމެ މަތީ ވަނަތަށް ހާސިލްކުރި ދަރިވަރުންގެ ތެރޭގައި އަތޮޅު ތެރޭގެ ކެމްޕަސްތަކުން ތަޢުލީމް ހާސިލްކުރި ދަރުވަރުން ހިމެނޭކަމަށެވެ. އެއީ އެ ކޮލެޖުން ފަޚުރުވެރިވާކަމެއްކަމަށް ރެކްޓަރ ޑރ.އަޙްމަދު އަންވަރު ވިދާޅުވިއެވެ. އަންވަރު ވަނީ ދަރިވަރުން ހާސިލްކުރި ތަޢުލީމުގެ އަލީގައި ޤައުމަށް ޚިދުމަތްކުރުމަށް އެދިވަޑައިގެންފައެވެ.

އެވޯޑް ހޯދެއްވި ދަރިވަރުން. ކިޔަވަމުން ވަޒީފާ އަދާ ކުރުމަކީ ވަރަށް ބުރަކަމެއް. އެހެންނަމަވެސް އެ ހަރުފަތްތައް ގިރާކޮށް، ތި ހޯދެއްވި ކާމިޔާބީއަށް ފަހުރުވެރިވަން. އުންމީދު ކުރަނީ ތި ހޯދެއްވި ކާމިޔާބީއާއި ތި އުނގެނުނު ތައުލީމުގެ ބޭނުން ރަނގަޅުގޮތުގައި ހިފާ މި ގައުމަށް ހިދުމަތް ކުރުމުގައި ފެންނާނެކަމަށް" ރެކްޓަރ ޑރ.އަޙްމަދު އަންވަރު ވިދާޅުވިއެވެ


ވިލާ ކޮލެޖުން ވަނީ 2022 އއާއި 2023 ގައި އެކޮލެޖުން ހިންގި އެކި ޕްރޮގްރާމްތަކުން ދަސްވެނިވި 1107 ދަރިވަރަކަށް ސަނަދު ހަވާލުކޮށްފައެވެ. ވިލާ މިއާއެކު ވިލާ ކޮލެޖުން މިހާތަނަށް ދަސްވެނިވި ދަރިވަރުންގެ ޢަދަދު ވަނީ 18550އަށް އަރާފަކަމަށެވެ.

ވިލާ ކޮލެޖްގެ ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އިތުރުން، ސަރުކާރުގެ އިސްވެރިންނާއި، އެކި ދާއިރާތަކުގެ އިސްބޭފުޅުންގެ އިތުރުން ވިލާ ކޮލެޖުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.