ޚަބަރު

ބްރިޖް ހައިވޭގައި ކާރެއް ކޮންޓްރޯލްނުވެ ސޯލާ ޕެނަލްތަކުގައި ޖެހި އެކްސިޑެންޓެއް


  • އެކްސިޑެންޓުވީ ހުޅުމާލެއިން މާލެއަށް ދަތުރުކުރަމުންދިޔަ ޓެކްސީއެއް

  • މީހަކަށް ގެންލުންވެފައި ނުވޭ

  • ޓެކްސީއަށާއި ސޯލަރ ޕެނެލްތަކަަށް ގެއްލުންވެފައިވަނީ

ބްރިޖް ހައިވޭއިން ހުޅުމާލެއިން މާލެއަށް ދަތުރުކުރަމުންދިޔަ ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާރ ޕެނެލްތަކުގައިޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 7:10 ހާއިރުކަމަށެވެ. މި ހާދިސާގައި މީހަކަަށް ގެންލުންވެފައި ނުވެއެވެ. އެހެންނަމަވެސް ޓެކްސީއަށާއި ސޯލަރ ޕެނެލްތަކަަށް ގެއްލުންވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުއްނެއެވެ.