ޚަބަރު

ހުޅުމާލޭ މަގުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ


  • މީހާ ވެއްޓިފައި އޮތީ ހުޅުމާލޭ އުނިގަސް މަގުގައި

  • ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މީހާ އޮތީ މަރުވެފައި

  • އެއީ ކަސްރަތުކުރުމަށް ނުކުމެ އުޅުނު ބިދޭސީ މީހެއް ކަމަށް ބެލެވޭ

ހުޅުމާލޭ މަގެއްގެ މަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭ އުނިގަސްމަގުގައި މީހަކު ވެއްޓިފައި އޮތްކަމަށް ފުލުހުއްނަށް ރިޕޯޓްކޮށްފައިވަނީ މިއަދުގެ 8:02 ހާއިރުކަމަށެވެ. އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ ސިންގަޕޫރުގެ ޢުމުރުން 68 އަހަރުގެ މީހެއްކަމަށެވެ. ނަމަވެސް އޭނާ މަރުވީ ކީއްވެކަމެއް އަދި ސާފެއްނުވެއެވެ. ނަމަވެސް އެސަރަހައްދުގެ ބައެއް ޢާންމުން ބުނާގޮތުގައި އެއީ ކަސްރަތުކުރުމަށް ނުކުމެ އުޅުނު މީހެއްކަމށް ބެލެވެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުއްނެވެ.