ޚަބަރު

އިހަވަންދޫ ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޚިދުމަތް ދޭން ތައްޔާރުވެއްޖެ


  • ރަށުގެ ތިން ސަރަހައްދެއްގައި ޓްރާސްފޯމަރުވަނީ ބަހައްޓާފައި

  • ޑިސްޓިބިއުޝަން ބޮކްސްތަކަށް ގުޅައި ނިމޭވަރަކުން ކަރަންޓް ފޯރުކޮށްދެމުންދާނެ

  • ވޯލްޓޭޖް ޑްރޮޕްވާ މައްސަލައައަށް ދާއިމީ ހައްލެއްލިބޭނެ

ހއ އަތޮޅުގައި ބޮޑު އާބާދީއެއް އޮންނަ އިހަވަންދޫގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ ކޭބަލް ނެޓްވޯކް އަޕްގްރޭޑްކޮށް، އައު ޓްރާންސްފޯމަރުތައް ބަހައްޓައި، ކަރަންޓު ފޯރުކޮށްދިނުމަށް ތައްޔާރު ވެއްޖެއެވެ. އިހަވަންދޫ ފެނަކަ އޮފީހުން ވިދާޅުވީ، ޓްރާސްންފޯމަރުތައް މެދުވެރިކޮށް މިމަހުގެ ތެރޭގައި ކަރަންޓް ފޯރުކޮށްދޭންފެށޭނެކަމަށެވެ.

އިހަވަންދޫގައި މިހާރު އަޅާފައި އޮތް ކޭބަލް ނެޓްވޯކް އަކީ މީގެ 16 ވަރަކަށް އަހަރު ކުރިން އަޅާފައި އޮތް ކޭބަލް ނެޓްވޯކްއެކެވެ. މިކޭބަލް ނެޓްވޯކް ބަދަލުނުކޮށް އޮތުމުން ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކަރަންޓް ފޯރުކޮށް ނުދެވުމަކީ ފެނަކައިގެ އޮތް އެންމެ އެއް ގޮންޖެހުމެވެ. ވޯލްޓޭޖް ޑްރޮޕްވާން ދިމާވާ މައްސަލައަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލާއެކު ކަރަންޓް ބޭނުން ކުރާމިންވަރު އިތުރުވުމެވެ.

އިހަވަންދޫ ފެނަކަ ޑެޕިއުޓީ މެނޭޖަރ މުޙައްމަދު ސަމީރު ވިދާޅުވީ އިހަވަންދޫގައި ކުރިން އަޅާފައި އޮތް ކަރަންޓް ކޭބަލް ބަދަލުކޮށްފައިވާކަމަށެވެ. އެބަދަލާއެކު، ޓްރާންސްފޯމަރުތައް ބަހައްޓާ ޚިދުމަތް ދިނުމަށް މިހާރު ތައްޔާރުވަމުންދާކަމަށް ސަމީރު ވިދާޅުވިއެވެ. އެގޮތުން ރަށުގެ ތިން ސަރަހައްދެއްގައި ޓްރާންސްފޯމަރުތައް ބަހައްޓާ ޓެސްޓްކޮށް މިހާރު ކުރަމުންދަނީ ޑިސްޓިބިއުޝަން ފޮށިތަކަށް ގުޅުމުގެ މަސައްކަތެވެ.

"ވޯލްޓެޖް ދަށްވެ ރައްޔިތުންގެ އޮތް ކަންބޮޑުވުމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންމިދަނީ، އަލަށް އަޅާފައި އޮތް ކޭބަލް ނެޓްވޯކްއަކީ ގާތްގަޑަކަށް 40 އަހަރެއްހާ ދުވަހަށް ކަރަންޓް ބޭނުން ކުރެވޭނެ ވަރުގެ ކޭބަލް ނެޓްވޯކްއެއް" މުޙައްމަދު ސަމީރު ވިދާޅުވިއެވެ.

މިއީ އެރަށަށް ދިމާވެފައި އޮތް ވޯލްޓޭޖް ޑޮރޮޕްވެ، ކަރަންޓު ކެނޑުމަށް ދިމާވާ ޒަމާންވީ މައްސަލައަށް ދާއިމީ ހައްލެއް ގެނުވާނެ ކަމެކެވެ. މިއީ އެރަށުއެރަށު ރައްޔިތުންގެ އޮތް ބޮޑުވުމަށް ހައްލު ލިބިގެންދާނެކަމަށް ފެނައިކައިގެ ޑެޕިއުޓީ މެނޭޖަރ މުޙައްމަދު ސަމީރު ވިދާޅުވިއެވެ.

އިހަވަންދޫގައި އެންމެ ޕީކްވާ ވަގުތުތަކުގައި 1.4 މެގަވޮޓްގެ ކަރަންޓް ބޭނުން ކުރެއެވެ. އެރަށުގެ ކަރަންޓްގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކި ބައެއްމީހުންބުނީ، ކަރަންޓް ލިބެންވާ މިންވަރަށްވުރެ ދަށްކޮށް ލިބޭތީ ބައެއްފަހަރު ކަރަންޓް ސާމާނު ހަލާކުވާކަމަށެވެ. މިގެންނަމުންދާ ބަދަލާއެކު އެރަށަށް ދިމާވެފައި އޮތް ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލު ލިބިގެންދާނެކަމަށް އުމީދު ކުރާކަމަށް އެރަށު މީހުން ބުންޏެވެ.

"ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުއެއް މީ މިކަމުގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ ފުރިހަމަ ކަރަންޓް ނުލިބޭތީ ވަރަށް ދެރަ، އެކަމު މިހާރު ކުރަމުންގެންދާ މަސައްކަތް ނިމި ޙިދުމަތް ލިބެންފެށުމުން ހައްލުވާނެކަމަށް މިބަލަނީ" އިހަވަންދޫ އިން ވާހަކަދެއްކި މީހުން ބުންޏެވެ.

އިހަވަންދޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް މިސަރުކާރުން އިތުރު މަސައްކަތްތަކެއްވެސް ވަނީކޮށްފައެވެ. އެގޮތުން 1.2 މެގަވޮޓް އިން 2.5 މެގަވޮޓްއަށް ކަރަންޓް ކެޕޭސިޓީ ވަނީ އިތުރުކޮށްފައެވެ. މިހާރު އެރަށުގައި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުން ކުރަނީ 600 ކިލޯވޮޓްގެ 2 ޖަނަރޭޓަރ ސެޓާ 1000 ކިލޯވޮޓްގެ އެއް ޖަނަރޭޓަރ ސެޓްގެ އިތުރަށް 350 ޖަނަރޭޓަރ ސެޓްތަކެކެވެ. އަދި 40 މީހުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭވަރުގެ ޒަމާނީ އޮފީހެއް ވެސް ޢިމާރާތްކޮށްފައިވެއެވެ.