ޚަބަރު

ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ އައު އިމާރާތާއި ކޮމްޕިއުޓަރ ލެބް ހުޅުވައިފި


  • މިއިމާރާތުގައި 16 ކްލާސްރޫމާއި ކޮމްޕިއުޓަރ ލެބެއް ހުރޭ

  • އިމާރާތާއެކު ސްކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުވެގެންދާނެ

ފުވައްމުލަކު ދަނޑިމަގުގައި ހުންނަ މުޙައްމަދު ޖަމާލުއްދީން ސްކޫލްގައި ޢިމާރާތަށް އިތުރު ކުރި ބައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އާއިޝަތު އަލީ ހުޅުއްވައި ދެއްވައިފިއެވެ.

މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ އައު އިމާރާތުގައި 16 ކްލާސްރޫމާއި ކޮމްޕިއުޓަރ ލެބެއް ހިމެނެއެވެ.

ތިންފަންގިފިލާއަށް ހަދާފައިވާ މިއިމާރާތާއެކު މިސްކޫލަށް ދިމާވެފައި ޖާގައިގެ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެއާއެކު އެސްކޫލްގެ ކިޔެވުންވެސް އެއްދަންފަޅިއަށް ބަދަލު ކުރެވިގެންދާނެއެވެ.

މިކްލާސް ރޫމްއެޅުމުގެ އަމަލީ މަސައްކަތް އިނޯކާ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ފެށީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

މިމަސައްކަތަށް 12,01 މިލިއަން ރުފިޔާ ޚަރަދުވެފައިވޭ.