ޚަބަރު

މަކުނުދުއާއި ކުމުންދޫގައި ހިންގާފައިވާ ބައެއް މަޝްރޫޢުތައް ރައީސް އިފްތިތާޙްކޮށްދެއްވައިފި


  • މަކުނުދޫއާއި ކުމުންދޫގެ ފެނަކަ އޮފީހަކީ 30 މުވައްޒަފުންގ ޖާގައިގެ އޮފީސް

  • ކުމުންދޫ އިންޖީނުގޭގެ ކެޕޭސިޓީ މިހާރު ވަނީ 1000 ކިލޯވޯޓަށް އިތުރުކޮށްފަ

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ފެނަކަ އައު އޮފީސް ޢިމާރާތާއި، ކުމުންދޫ އައު އިންޖީނުގެއާއި، ފެނަކަ އައު އޮފީސް ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިތަންތަން ހުޅުއްވައި ދެއްވީ، އެމަނިކުފާނު ހދ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ހދ. މަކުނުދޫއާއި ކުމުންދޫގައި ހުޅުއްވައިދެއްވި، ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި ކުމުންދޫ އިންޖީނުގޭގެ ކެޕޭސިޓީ މިހާރު ވަނީ 760 ކިލޯވޮޓުން 1000 ކިލޯވޮޓަށް އިތުރުކޮށްފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.