ޚަބަރު

ދިއްދޫގައި ބަހުގެ ޚިދުމަތް ފަށަނީ، ފުރަތަމަ ހަފްތާ ހިލޭ


  • 32 މީހުންގެ ޖާގައިގެ ބަސްތަކެއް

  • ސްކޫލް ކުދިންނާއި 3 އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރުކުރެވޭނެ

  • ރޫޓް މެޕާއި ޝެޑިއުލްގެ މަޢުލޫމާތު އާރް.ޓ.ީއެލް ޓްރެވަލް އެޕްއިން ބަލާލެވޭނެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލްގެ ބަހުގެ ޚިދުމަތް ހއ. ދިއްދޫގައި ފެށުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ބުނީ ދިއްދޫގައި ބަހުގެ ޚިދުމަތް ދޭން ބޭނުންކުރާނީ 2 ބަސްކަމަށެވެ. އެއީ 32 މީހުންގެ ޖާހައިގެ ބަސްތަކެކެވެ. އެމްޓީސީސީން ބުނީ މި ބަސްތަކުގައި22 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުންނާނެކަމަށެވެ. މީގެ އިތުރުން 10 މީހުންނަށް ކޮޅަށް ތިބެވޭނެގޮތަށް އަތުން ހިފަހައްޓާނެ ހޭންޑަލް ހަރުކޮށްގައި ހުންނާނެކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

މި ޚިދުމަތް ދިއްދޫގައި ފެށުމަށްފަހ،ު އެއް ހަފްތާ ވަންދެން ކަސްޓަމަރުންނަށް މުޅިން ހިލޭ ދަތުރުކުރުމުގެ އިންތިޒާމް އެމްޓީސީސީން ވަނީ ހަމަޖައްސާފައެވެ. ހިލޭ ފޯރުކޮށްދެވޭ މުއްދަތު ނިމުމުނ،ް އާރ.ްޓ.ީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ކިޔުއާރް ޓިކެޓް ނަގައިގެން ދަތުރުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ޓިކެޓުގެ އަގަކީ 5 ރުފިޔާއެވެ.

މީގެ އިތުރުން ހިލޭ ދަތުކުރެވޭ މުއްދަތު ނިމޭ ފަހުންވެސް 3 އަހަރުން ދަށުގެ ކުޑަ ކުދިންނާއ،ި ސްކޫލް ދަރިވަރުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ދަތުރު ކުރެވޭނެކަމަށް އެމްޓީސީސީން ބުންޏެވެ.

ދިއްދޫ ބަހުގެ ޚިދުމަތާއި ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މަޢުލޫމާތުވެސް އާރް.ޓ.ީއެލް ޓްރެވަލް އެޕުން ފަސޭހައިން ބަލާލެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން އަންނަނީ މާލެ ސަރަޙައްދުގެ އިތުރަށް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރަށް ލ. އަތޮޅުގައިވެސް ބަހުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.