ޚަބަރު

މ.ކޮޅުފުށި މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފި


  • މ.ކޮޅުފުށި މަގު ހެދުމުގެ މަސައްކަތުގެ ދަށުން 2.5 ކިލޯ މީޓަރުގެ މަގުހަދާނެ

  • މިމަޝްރޫގެ ދަށުން މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކުރާނެ

  • މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ 93.78 މިލިއަން ރުފިޔާއަށް 730 ދުވަސް ތެރޭގައި ނިންމާގޮތަށް

މ. ކޮޅުފުށި މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އާރުޑީސީއާ ހަވާލުކުރައްވައިފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އާރުޑީސީއާ ހަވާލުކުރި، މިމަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ކޮޅުފުށީގެ ބޮޑެތި ހުރިހާ މަގެއް ހިމެނޭހެން 2.8 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ، މަގުތަކުގައި ފެން ހިންދާ ނިޒާމް ޤާއިމްކޮށް މަގުބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ހަސަން ސައީދުއެވެ.

މި މަސައްކަތް އާރްޑިސީއާ ހަވާލުކުރެއްވީ 93.78 މިލިއަން ރުފިޔާއަށް 730 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.