ޚަބަރު

މާފަރުގައި ޤާއިމުކުރާ ކަސްޓަމްސް އޮފީސް ޢިމާރާތުގެ ބިންގާ އަޅައިފި


  • ރީީޖަނަލް ކަސްޓަމްސްތަކުގެ އުމްރާނީ ތަރައްގީއަށް އިތުރުވެގެންދާ މުހިއްމު ބޮޅެއް

  • މި އޮފީސް ވެގެންދާނީ ކަސްޓަމްސްއިން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް

  • މި ރީޖަންގެ މުހިންމު އެއް ބިނާއަށް

  • މާފަރުގެ ކަސްޓަމްސް އޮފީހަކީ 6557 އަކަފޫޓުގެ އިމާރާތެއް

އަތޮޅުތަކުގައި ކަސްޓަމްސްގެ ހިދުމަތް ފުޅާކުރުމަށްޓަކައި ނ. މާފަރުގައި ތަރައްޤީކުރާ ކަސްޓަމްސްގެ އޮފީސް ޢިމާރާތުގެ ބިންގާ އަޅައިފިއެވެ. މި މަސައްކަތަކީ ރީޖަނަލް ކަސްޓަމްސްގެ ޚިދުމަތްތައްވެސް ލާމަރުކަޒުކޮށް އަތޮޅުތަކުގައި ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރާ މަސައްކަތެކެވެ.

ކަސްޓަމްސްގެ ޚިދުމަތް ފުޅާކުރުމަށްތަކައި ނ. މާފަރުގައި ކަސްޓަމްސްގެ އޮފީސް އިމާރާތެއް ތަރައްޤީކުރުމަށް ފިއުޗާރ ހޯމް ޕްރައިވެޓް ލިމިޓެޑް ހަވާލު ކުރީ 18 ޖުލައި 2023 ގައެވެ.

ކަސްޓަމްސްގެ އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ އެކަމަށްޓަކައި މާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް މަޙްމޫދު ރިޔާޟްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، މި ބިންގާ އެޅުނު ޢިމާރާތަކީ ރީީޖަނަލް ކަސްޓަމްސްތަކުގެ އުމްރާނީ ތަރައްޤީއަށް އިތުރުވެގެންދާ މުހިއްމު ބޮޅެއް ކަމަށެވެ. އަދި މި އޮފީސް ވެގެންދާނީ ކަސްޓަމްސްއިން ފޯރުކޮށްދޭން ހިދުމަތްތައް ފޯރުކޮށްދިނުމަށް މި ސަރަޙައްދުގެ މުހިންމު އެއް ބިނާކަމަށެއެވެ.

ޢަބްދުﷲ ޝަރީފް ވިދާޅުވީ، މި އިމާރާތުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން އުތުރުގެ އަތޮޅުތަކުގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ކަސްޓަމްސްގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.

މާފަރުގެ ކަސްޓަމްސް އޮފީހަކީ 6557 އަކަފޫޓުގެ ޖާގައިގެ އިމާރާތެކެވެ. މި އިމާރާތުގައި އޮފީސް ސްޕޭސްއެއްގެ އިތުރުން އެކަމަޑޭޝަން ބްލޮކެއް ހިމެނެއެވެ. 8.66 މިލިޔަން ރުފިޔާ ފިއުޗާރ ހޯމް ޕްރައިވެޓް ލިމިޓެޑް މި ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަސްތަރޭ މަސައްކަތް ނިންމާ ގޮތަށެއެވެ.