ޚަބަރު

ޤާސިމް ކެމްޕެއިނަށް ހދ އަދި ށ އަތޮޅަށް


  • ޤާސިމްގެ ކެމްޕޭން ދަތުރު ފެއްޓެވީ ބޮޑު ތިލަދުންމަތިން

  • ހދ.އަދި ށ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވާނެ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް، ކެމްޕެއިން އަތޮޅުތަކަށް ފަށްޓަވައިފިއެވެ. އެގޮތުން ކެމްޕެއިންގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ހދ އަތޮޅު އަދި ށ.އަތޮޅަށްކަމަށް ޖުމްހޫރީ ޕާޓީން ބުންޏެވެ.

ޤާސިމް ފެށްތެވި ކެމްޕެއިން ދަތުރުފުޅުގައި މިއަދު އެންމެ ފުރަތަމަ ވަޑައިގަތީ ހދ.މަކުނުދޫއަށެވެ.

މިދަތުރުފުޅުގައި ޤާސިމް އިބްރާހީމް އެ ދެއަތޮޅުގެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވަމުންގެންދަވާނެކަމަށް ޖޭޕީން ބުންޏެވެ. އަދި ޤާސިމްގެ ވެރިކަމުގައި ގެންގުޅުއްވާނެ ތަސައްވުރާއި، މެނިފެސްޓޯގައި ހުރިކަންކަމުގެ މަޢުލޫމާތު ރައްޔިތުންނަށް ހާމަކުރައްވާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އައްސަވާނެކަމަށް ޖޭޕީން ބުންޏެވެ.

ޤާސިމް ގެންދަވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ ރައްޔިތުންގެ ލާބަޔާއި ޤައުމުގެ ކުރިއެރުމަށް ގިނަކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގަންނަވަމުންނެވެ.

ޤާސިމްގެ އެ ސިޔާސަތުތަކާއެކު ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯވެސް މިހާރު ވަނީ ލޯންޗުކޮށްފައެވެ. ޤާސިމް އިބްރާހީމްގެ ކެމްޕެއިން ލޯންޗުކޮށްފައިވަނީ ނިމުނު ހަފްތާގައި ޤާސިމްގެ އުފަންރަށް އދ.މާމިގިލީގައެވެ.