ޚަބަރު

ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހުއްޓާލުމުގެ ވިސްނުމެއް ނެތް: މުޢިއްޒު


  • މުޢިއްޒުގެ ކެމްޕެއިންގެ ފުރަތަމަ ދަތުރު ކުރައްވާފައިވަނީ ހދ.ހަނިމާދޫއަށް

  • މުޢިއްޒު ވިދާޅުވީ ޕީޕީއެމްއަކީ ތަރައްޤީގެ ފިކުރެއްކަމަށް

  • ރައްޔިތުންނަށް ފައިދާވާ އެއްވެސް މަޝްރޫޢުއެއް ހުއްޓާނުލާނެކަމަށް ވިދާޅުވި

ރައްޔިތުންނަށް ފައިދާވާގޮތަށް ކުރިއަށްގެންދާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ހދ. އަދި ހއ.އަތޮޅަށް ވަޑައިގެން، ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މުޢިއްޒު ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ އެ ރަށަށާއި އަދި ސަރަޙައްދަށްވެސް މުހިންމު މަޝްރޫޢުއެއްކަމަށެވެ. އަދި އޭގެ މަންފާ ރަށަށް ކުރާނީ، ރަށުގެ ރައްޔިތުންގެ ބައިވެރިވުން އެމަސައްކަތުގައި އިތުރުކޮށް، އިޤްތިޞާދީ މަންފާ ރަށަށް ކުރާނެ ގޮތަށް މަސައްކަތް ރޭވިގެންކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަނިމާދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މުޢިއްޒު ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ އެ ރަށަށާއި އަދި ސަރަޙައްދަށްވެސް މުހިންމު މަޝްރޫޢުއެއްކަމަށެވެ. އަދި އޭގެ މަންފާ ރަށަށް ކުރާނީ، ރަށުގެ ރައްޔިތުންގެ ބައިވެރިވުން އެމަސައްކަތުގައި އިތުރުކޮށް، އިޤްތިޞާދީ މަންފާ ރަށަށް ކުރާނެ ގޮތަށް މަސައްކަތް ރޭވިގެންކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ފިކުރަކީ ތަރައްޤީއަށް ލޯބިކުރާ ފިކުރެއްކަމަށެވެ. އެހެންކަމުން ކޮންމެ މަޝްރޫޢުއެއްވެސް ވާންވާނީ، އެކަމުން ރައްޔިތުންނަށް އެންމެ އެދެވޭ މަންފާ ލިބޭނެ މަސައްކަތަކަށްކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"ޕީޕީއެމްއަކީ ތަރައްޤީގެ ފިކުރެއް. ރަށުގެ ތަރައްޤީއަށް ހިނގަމުންދާ ކަމެއް ހުޓާލާނެ ފިކުރެއް ނޫން މިއީ. ރައްޔިތުންނަށް ފައިދާވާނެގޮތަށް ހިންގާ އެއްވެސް މަސައްކަތެއް ހުއްޓައެއް ނުލާނަން." މުޢިއްޒު ވިދާޅުވިއެވެ.

މި ދަތުރުގައި ކެންޑިޑޭޓް ޑރ.މުޢިއްޒުގެ އިތުރުން ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ލަތީފްއާއި، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ޑރ. މުއިއްޒު ހއ. އަދި ހދއަށް ކުރައްވާ ދަތުުރުފުޅުގައި މިދަތުރުފުޅުގައި ރަށްރަށުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީތަކާއި ބައްދަލުކުރެއްވުމާއި، ރައްޔިތުންނާ ބައްދަލުކުރެއްވުން ކުރިއަށްދާނެއެވެ.

މި ދަތުރުގައި ރައްޔިތުންގެ ޙާލަތު ބެއްލެވުމާއި ޕާޓީގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ކަންކަން ރައްޔިތުންނާ ހިއްސާކުރުން ކުރިއަށްދާނެއެވެ. އަދި ރައްޔިތުން ހުށައަޅަން ވޭނުންވާ ޚިޔާލު ހުށައެޅުމުގެ ފުރުޞަތުވެސް އޮންނާނެކަމަށް މުއިއްޒުގެ ކެމްޕެއިން ޓީމުން ބުނެއެވެ.

މި ދަތުރުގައި ފުރަތަމަ ޑރ. މުއިއްޒު ވަޑައިގަންނަވަނީ ހދ.އަތޮޅުގެ ރަށްތަކަށެވެ. އެއީ ހދ.ހަނިމާދޫ، ނޮޅިވަރަމް، ކުޅުދުއްފުށި އަދި މަކުނުދޫއެވެ. އަދި ހއ.އަތޮޅުގެ 7 ރަށަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހއ.ހޯރަފުށި، އިހަވަންދޫ، އުތީމު، ވަށަފަރު، ކެލާ، ބާރަށް އަދި ދިއްދޫއެވެ.

އަތޮޅުތަކަށް ޑރ.މުޢިއްޒު ކުރައްވާ ފުރަތަމަ ދަތުރަކީ 4 ދުވަހުގެ ދަތުރެކެވެ.

މުޢިއްޒުގެ ކެމްޕެއިން ހަރަކާތްތައް ފަށާފައިވަނީ މިދިޔަ ބުރާސްފަތިދުވަހުގެ ރޭ މާލެއިންނެވެ.

ކެމްޕެއިން ހަރަކާތް މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމަށް، މިދިޔަ ބުދަދުވަހު ވަނީ، މާލޭގައި ތިބި ޕީޕީއެމް/ޕީއެންސީގެ އަތޮޅުތަކުގެ އިސް މެންބަރުންނަށް ބައްދަލުކުރައްވާފައެވެ.

ޕީޕީއެމްއިން ބުނެފައިވަނީ އެ ޕާޓީގެ މެނިފެސްޓޯ އިޢުލާންކުރާނީ ބައިބަޔަށްކަމަށެވެ. އެގޮތުން މިހާތަނަށް އައިރު ބޯހިޔާވަހިކަމާއި ގުޅޭގޮތުން، ޕާޓީގެ ބައެއް ސިޔާސަތުތައް ވަނީ ހާމަކޮށްފައެވެ.