ޚަބަރު

ބިންކަނޑައި، ގޯތީގެ ފަތް ދިނުމަށް ވެވަޑައިގެންނެވި ވަޢުދު ރަނުން ރަނަށް


  • މާލޭގެ ރައްޔިތުންނަށް ގޯތި ނުލިބި އޮތް ދިގުމާޒީ ނިމުމަކަށް

  • މާލޭގެ އިޖްތިމާޢީ އެތައް މައްސަލައަކަށް ބޮޑު ހައްލެއް

  • މާލޭގެ ރައްޔިތުންނަށް ރައީސް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުން

ކޮންމެ ދިވެއްސަކަށްވެސް އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްޤެއް ނަމަވެސް އެ ޙައްޤު ކަށަވަރުކުރުމަށް ބޭނުންވާ ބޯހިޔާވަހިކަމެއް ނެތް އެތައް ސަތޭކަ ޢާއިލާއެއް މިކުޑަކުޑަ ދިވެހިރާއްޖޭގައި އެބަތިއްބެވެ. އެފަދަ އެތައް ބަޔަކު ވެރިރަށް މާލޭގައި އެބަތިއްބެވެ. އެހެން ރަށްރަށުގެ ރައްޔިތުން ފަދައިން މާލޭގެ ރައްޔިތުންނަށްވެސް ގޯތި ލިބޭނެ ކޮންމެވެސް ނިޒާމެއް އޮންނަންޖެހޭކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

މާލޭގެ ރައްޔިތުންގެ ތެރޭގައި ގިނައީ އަމިއްލަ ވަޒަނުގައި އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ކުލި ދައްކައިގެން ދިރިއުޅޭ ޢައިލާތަކެވެ. ކުދިކުދި ތަންތަންކޮޅުގައި އެތައް ޢާއިލާއެއް އުޅެންޖެހުމުގެ ސަބަބުން އިޖްތިމާޢީ އެތައް މައްސަލަތަކަކާވެސް އެޢާއިލާތަކުން ދަނީ ކުރިމަތިލަމުންނެވެ. މުސްކުޅި ޙާލުގައި ތިބި މައިންބަފައިން ބަލަމުން، އަމިއްލަ ދަރިންނާއެކު އެއް ކޮޓަރިއެއްގެ ތެރޭގައި ދިރިއުޅެމުންދާ ޢާއިލާތައްވެސް މަދެއް ނޫނެވެ. މީގެ ތެރެއިން އެކަކީ މާލެއަށް އުފަން ޢަޒީޒާ އިބްރާހީމެވެ. ކުޑަކުޑަ ގޮޅިއެއްވަރުގެ ކޮތަރިއެއްގައި ޢަޒީޒާގެ އިތުރުން ޢުމުރުން ދުވަސްވީ މައިންބަވައިންނާއި ޢަޒީޒާގެ 10 އަހަރުގެ ފިރިހެން ދަރިފުޅު އަންނަނީ ދިރިއުޅެމުންނެވެ.

"ދައްތަ ހެނދުން ބަދަލުކުރަންވީމަ 10 އަހަރުގެ ދަރިފުޅު ކޮޓަރިން ނެރެނީ. އަދި އޭނަ ހެދުން ބަދަލުކުރަން ވީމަ ދައްތަ ނިކުންނަނީ. ވަރަށް ހިތްދަތި ދިރިއުޅުމެއް ދައްތަ އުޅެމުން މިދަނީ، މުސްކުޅި މައިންބަފައިން ގޮވައިގެން."އަޒީޒާ އިބްރާހީމް ބުންޏެވެ.

ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާންކުރެއްވި ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު ޢަޒީޒާއަށް ވަނީ ގޯއްޗެއް ލިބޭނެކަން ކަށަވަރުވެފައެވެ. ގޯތި ލިބޭ މީހުންގެ ވަގުތީ ލ ިސްޓުގައި ޢަޒީޒާގެ ނަން އެބައޮތެވެ. އޭނާ އެތައް ޒަމާނެއް ވަންދެން ކުރި އުއްމީދު މިއަދު ޙަގީގަތަކަށް ވެއްޖެއެވެ. ކުރީ ސަރުކާރެއްގައި ލިބުނު ފްލެޓުގެ ތަޅުދަނޑި އޭނާގެ އަތުން އަތުލި ދުވަހުގެ ހިތި ހަނދާންތަކާއެކުވެސް މިއަދު އަޒީޒާ ހެއްވާލައިފިއެވެ. ގޯތި ލިބޭ މީހުންގެ ލިސްޓުގައި ޢަޒީޒާގެ ނަން އޮތުމުން އޭނާ މިއަދު އެހުރީ ވަރަށް އުފަލުންނެވެ.

"ދައްތަ މިހިރީ އުފަލުންގޮސް ބުނާނެ އެއްޗެއްވެސް ނޭނގިފަ. ވަރަށް ގިނަ ދުވަހުގެ އުއްމީދަށް ފަހުގައި، ދައްތައަށް ގޯއްޗެއް މިލިބުނީ. އަޅުގަނޑު ހެއްދެވި ފަރާތަށް ޝުކުރު ދަންނަވަން. އަލްޙަމްދުﷲ. ދައްތަ ވަރަށް އުފާވެއްޖެ." އަޒީޒާ ބުންޏެވެ.

މިއީ އެންމެ މީހެއްގެ ޙަޔާތް ބަދަލުވީ ވާހަކައެވެ. މިއާއެކު އަޒީޒާ ބަލަމުންދިޔަ އޭނާގެ މުސްކުޅި މައިންބަފައިންނާއި، ދަރިންނަށް މިވަނީ އުއްމީދެއް ލިބިފައެވެ.

އެހެން މީހެއްގެ ވާހަކައެކެވެ. އަމީނަތު ޝަހީމާގެ ވާހަކައެވެ. އޭނާ ދިރިއުޅެނީ އޭނާގެ 6 ކުދިންނާއި 4 މާމަދަރިންނާއެކުގައެވެ. އިންސާނާކަށްވީތީ، ނިދާނެ ރަނގަޅު ފެންވަރުގެ ތަނެއް ލިބިދިނުމަކީ އިންސާނުންނަށްވީތީއާއި ވަކިން ޚާއްސަކޮށް ކުޑަކުދިންގެ ޙައްގުތަކުން ކަށަވަރުކޮށްދޭންޖެހޭ އެއް އަސާސީ ޙައްގެވެ. އެހެންނަމަވެސް ޝަހީމާއާއި އޭނާގެ ދަރިންނާއި މާމަ ދަރިން ތިބީ އެޙައްގުން މަޙުރޫމްވެފައެވެ.

"އަޅުގަނޑު މެން ނިދަނީ ޑިއުޓީ ބަހައިގެން. އެއްބަޔަކު ހޭލީމަ އަނެއްބަޔަކު ނިދަނީ. އެހާވެސް ޙާލުގައި މިއުޅެނީ." ޝަހީމާ ބުންޏެވެ.

އެތައް ފަހަރަކު ކުރިމަތިލީނަމަވެސް އޭނާއަށް ގޯއްޗެއްވެސް އެހެން ގޮތަކުންވެސް ބޯހިޔާވަހިކަމެއް ނުލިބެއެވެ. އެހެންކަމުން މިއަދު އޭނާއަށް ގޯތިލިބުމުން އޭނާވެސް ހުރީ އުފަލުން ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝަހީމާގެ ދިރިއުޅުމަށް ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެކެވެ. އަމިއްލަ ބޯހިޔާވަހިކަމުގައި އުޅެވޭނެ އުންމީދު ލިބުނީތީއެވެ.

މުމަކަށް އެ ގެންނެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ދައުރެއްގެ ތެރެއިން 40 އަހަރަށްވުރެ ދިގު ރިކޯޑެއް މުގުރާލައްވާ، އައު ރިކޯޑެއް ޤާއިމުކުރެއްވީއެވެ.

މިއީ މަދު ބައެއްގެ ޙަޔާތުގެ ޙަގީގަތެވެ. އެހިތި ޙަގީގަތް ބަދަލުކޮށް މިއަދުވަނީ އެމީހުންގެ ދިރިއުޅުމަށް އައު އުއްމީދެއް ލިބިގެން ގޮސްފައެވެ. ކޮންމެ ފަދަގޮތަކުން ޖިފުޓިގަނޑެއް ހަދައިގެންވެސް އައު ގޯއްޗަށް އަމިއްލަ ޢާއިލާއާއި އެކު ދިޔުމަށް އެތައް ބަޔަކު ތިބީ ކެތްމަދުވެފައެވެ.

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވީއެވެ. މިފަދަ އެތައް ބައެއް ދިރިއުޅުން އެމަނިކުފާނުގެ ރިޔާސީ މިވަޢުދާއެކު މިއަދުމިވަނީ ބަދަލުވެގެން ގޮސްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި އެއް ވަޢުދަކީ، މިދައުރު ނިންމަވާނީ ރޯނުދަމައި، ބިންކަނޑައި، ގޯތީގެ ފަތް ދެއްވާނެކަމަށެވެ. މާލޭގެ ރައްޔިތުންނަށް ކަށަވަރުކޮށްދެއްވި ގޯތީގެ ބޯހިޔާވަހިކަމާއެކު، މާލޭގެ ރައްޔިތުންނަށް މިއިން ޒަމާނަކު ގޯތި ނުދީއޮތް އޮތުން ނިމުމަކަށް އެ ގެނެސްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ދައުރެއްގެ ތެރެއިން 40 އަހަރަށްވުރެ ދިގު ރިކޯޑެއް މުގުރާލައްވާ، އައު ރިކޯޑެއް ޤާއިމުކުރެއްވީއެވެ.