ޚަބަރު

އެމެރިކާގެ ނައިބުރައީސް އިސްރާއީލަށް ވަޑައިގެންފި


އެމެރިކާގެ ނައިބުރައީސް ޖޯ ބައިޑެން ރަސްމީ ދަތުރުފުޅެއްގައި އިސްރާއީލަށް ވަޑައިގެންފި.މިދަތުރުފުޅުގައި އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާބައްދަލުކުރެއްވުމަށްފަހު ބައިޑެން ފަލަސްތީނުގެ ހުޅަނގު އައްސޭރިއަށްވެސްވަޑައިގެން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރައްވާގޮތަށްވެސްވަނީ ހަމަޖެހިފައެެވެ. ޖޯ ބައިޑެންގެ މިދަތުރުފުޅުގެ ބޭނުމަކީ އިސްރާއީލާފަލަސްތީނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކަށް ހައްލެއް ހޯދުމުގެގޮތުންއިސްރާއީލާ ފަލަސްތީނުގެ ލީޑަރުންނާ މަޝްވަރާކުރެއްވުމެވެ. ޓެލްއަވީވަށް ވަޑައިގަތުމަށްފަހު ބައިޑެން ވަނީ އިސްރާއީލުގެ އަމްނާ ސަލާމަތަށް އެމެރިކާއިން ދޭ އަހައްމިއްޔަތާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. މިގޮތުން އިސްރާއީލަށް އަމާންކަމާއިރައްކާތެރިކަން ހޯދައި ދިނުމަކީ މެދުއިރުމަތީގައި އެމެރިކާ އިން ގެންގުޅޭސިޔާސަތުގެ އަސާސްކަމަށް ބައިޑެން ވިދާޅުވިއެވެ. ނަމަވެސް އިސްރާއީލުން ގަދަބާރުންހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ބައިޑެން ގޮވާލައްވާފައެއް ނުވެއެވެ.