ޚަބަރު

ރެފިއުޖީންގެ މައްސަލައިގައި ތުރުކީންވަނީ ކާމިޔާބުހޯދާފަ- ދާވުތުލޫ


ވިލާތުގެ ބައްރަށް ހިޖުރަކުރާ ރެފިއުޖީންގެ މައްސަލަ ޙައްލުކުރުމުގައި ތުރުކީވިލާތުން ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ ކަމަށް އެޤައުމުގެ ބޮޑުވަޒީރު އަހްމަދު ދާވުތުލޫ ވިދާޅުވެއްޖެއެވެ.

ރެފިއުޖީންގެ މައްސަލައަށް ޙައްލެއް ހޯދުމަށް މިއަދު ބްރަސްލްސްގައި ބާއްވާ ބައްދަލުވުމަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ދާވުތުލޫ ވިދާޅުވީ ރެފިއުޖީންގެ ކަންކަން ބެލެހެއްޓުމުގައި އެޤައުމުން ޙަރަކާތްތެރިވަމުންދާތާ ފަސް އަހަރު ވެފައިވާކަމަށެވެ. އަދި، އެ ފަސް އަހަރުގެ ތެރޭގައި ގިނަ ބަޔަކަށް ޙިމާޔަތްދީފައި ވާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ރެފިއުޖީންގެ މައްސަލައަށް ވިލާތުގެ ބައްރުން ރެފިއުޖީންގެ ސަމާލުވެފައިވަނީ ނިމިދިޔަ އަހަރުގެ ތެރޭގައި ކަމަށާއި އެހެންނަމަވެސް، އެކަމަށް އެގައުމުތަކުން މިހާތަނަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށްވެސް ދާވުތުލޫ ފާހަގަކުރެއްވިއެވެ.

ނިމިދިޔަ އަހަރުގެ ތެރޭގައި ވިލާތުގެ ބައްރަށް ގަވާއިދާއި ޚިލާފަށް އެއް މިލިއަން މީހުން އެތެރެވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންދާޒާކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ވިލާތުގެ ގައުމުތަކަށް ސަތޭކަ ތިރީސްފަސް ހާސް ރެފިއުޖީން ވިލާތުގެ ގައުމުތަކަށް އެތެރެވެފައިވާއިރު، މީގެ ތެރެއިން ސަތޭކަ ސައްބީސް މީހުން އެތެރެވެފައިވަނީ ތުރުކީ މަގުންނެވެ.