ދުނިޔެ

ތެލުގެ އެކްސްޕޯޓް މަތިކުރުމުގެ މަސައްކަތް ކާމިޔާބު- ރޫޙާނީ


ހުޅަނގުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިން ތެޔޮ އެކްސްޕޯޓް ކުރަމުން ގެންދިޔަ މިންވަރަށް، އިރާނުގެ ތެލުގެ އެކްސްޕޯޓް އިތުރުކުރަން އަމާޒު ހިފާފައިވާ ކަމަށް އެގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ. މިދިޔަ އަހަރު އީރާން ސަރުކާރުން ކުރި މުހިއްމު ކަންތައްތައް ހާމަކުރެއްވުމުގެ ގޮތުން އެގައުމުގެ ރަސްމީ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ރައީސް ރޫހާނީ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިން، ތެޔޮ އެކްސްޕޯޓް ކުރަމުން ގެންދިޔަ މިންވަރަށް، ތެލުގެ އެކްސްޕޯޓް މަތިކުރުމުގެ މަސައްކަތްތައް ކާމިޔާބު ކަމަށާ އެހިސާބަށް ދިޔުން މިހާރުވަނީ ވަރަށް ގާތުގައި ކަމަށެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިދިޔަ ޖަނަވަރީ މަހު އުވާލިފަހުން އެގައުމުން އެކްސްޕޯޓްކުރާ ތެލުގެ މިންވަރު ވަނީ ދުވާލެއްގެ މައްޗަށް ހަތަރު ލައްކަ ފީފާ އިތުރުކޮށްފައެެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިން ދުވާލެއްގެ މައްޗަށް ދޭއް ޕޮއިންޓް ހައެއް މިލިޔަން ފީފާގެ ތެޔޮ އީރާނުން އެކްސްޕޯޓްކޮށްފައިވާއިރު ކުރިޔަށްއޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި މިއަދަދަށް ތެޔޮއެކްސްޕޯޓް ކުރެވޭނެކަމަށް އީރާނުން ބުނެއެވެ.