ދުނިޔެ

އެއްބަސްވުން ތަންފީޒުކުރިފަހުން 687 މީހުން ސޫރިޔާގައި މަރުވި


މިދިޔަ ފެބްރުއަރީ މަހުގެ ހަތާވީހުގައި ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރަން ފެށިފަހުން އެކި ފަރާތްތަކުން ދިން ޙަމަލާތަކުގައި މިހާތަނަށް ހަސަތޭކަ އަށްޑިހަ ހަތްމީހުން މަރުވެފައިވާ ކަމަށް "ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" އިން ބުނެފިއެވެ. އެޖަމާޢަތުން ބުނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރަމުން ގެންދަނީ ވަރަށް ބަލިކަށި ގޮތެއްގައި ކަމަށާ މިއެއްބަސްވުމާއެކުވެސް ސޫރިޔާ ސިފައިންނާއި އިދިކޮޅު ޖަމާޢަތްތައް ޙަމަލާތައް ބަދަލުކުރަމުން ގެންދާކަމަށެވެ. "ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒު ކުރަން ފެށި ފަހުން ދިން ޙަމަލާތަކުގައި މަރުވި މީހުންގެ ތެރެއިން ސަތޭކަ ތިރީސް ފަސްމީހުންނަކީ މިއެއްބަސްވުމުގައި ހިމެނޭ ސަރަޙައްދުތަކުން މަރާލާފައިވާ މީހުންކަމަށެވެ. އަނެއް ފައްސަތޭކަ ފަންސާސް ދެމީހުންނަކީ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި ޝާމިލްނުވާ ސަރަޙައްދުތަކަށް ދިން ޙަމަލާތަކުގައި މަރާލި މީހުން ކަމަށްވެސް "ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" ގެ ބަޔާން ބުނެއެވެ.