ޚަބަރު

މާލެއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ، ޙާލު ރަނގަޅު


މާލެއިން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 30 އަހަރުގެ ޒުވާނާ ފެނިފައިވާކަމަށާއި، އޭނާގެ ޙާލު ރަނގަޅުކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ދ. ކުޑަހުވަދޫ، ދިލްކަޝްވިލާ، އުމުރުން 30 އަހަރުގެ ޢަލީ ޢާތިފް ސާފީ އެވެ.

ޢަލީ ޢާތިފް ސާފީ، މެއި 12 ވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެ، ގެއްލިގެން އާއިލާގެ ފަރާތުން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މެއި 15 ވަނަ ދުވަހުގެ ވަގުތެއްގައެވެ.


ފުލުހުން ވިދާޅުވީ، ޢާތިފް އަކީ ރިސޯޓެއްގައި މަސައްކަތްކުރާ މީހެއްކަމަށާއި، މިމަހުގެ 11 ވަނަ ދުވަހު އޭނާ މާލެއައި މަޢުލޫމާތު ލިބިފައިވާކަމަށެއެވެ.