ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ މާލީ ނިޒާމު ހަރުދަނާކުރުމާއި ގުޅޭގޮތުން ޖީ7ގެ މަޝްވަރާތަކެއް


ދުނިޔޭގެ މާލީ ނިޒާމު ހަރުދަނާ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދުނިޔޭގެ އެންމެ މުއްސަނދި ހަތް ގައުމު، ޖީ7 ގައުމުތަކުގެ މަޝްވަރާތަކެއް ފަށައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދަނީ ޖަޕާނުގެ ސިޓީއެއް ކަމަށްވާ ނިއިގަޓާގައެވެ.

މި ބައްދަލުވުންތަކުގައި އެމެރިކާގެ ދަރަނީގެ ސީލިންގެ ދަތިތަކާއި، ހުޅުނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިޔާ ސަލާމަތްކުރާނެ ގޮތްތަކާއި އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ޖީ7ގެ މާލީ ލީޑަރުން މަޝްވަރާ ކުރައްވާނެއެވެ.

ޖަޕާނުގެ މާލީ ވަޒީރު ޝުނިޗީ ވިދާޅުވީ ސޯޝަލް މީޑިއާ އާއި އިންޓަރނެޓް ބޭންކިން ތައާރަފްވުމާއިއެކު ފައިނޭންސްގެ މާހައުލަށް ވަރަށް ބޮޑަށް ބަދަލު އައިސިކަމަށެވެ. އަދި މިފަދަ ބަދަލުތަކަށް ރައްދު ދިނުމަކީ ޖަޕާން ހިމެނޭ ގޮތަށް ދުނިޔޭގެ ގައުމުތަކަށް އާންމު ގޮންޖެހުމަކަށް ވެއްޖެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މި ހަފްތާގެ ޖީ7 ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ގިނަ މައްސަލަތަކުގެ ތެރޭގައި މި މައުޟޫއު ހިމެނޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޖަޕާނުގެ ސިޓީއެއް ކަމަށްވާ ނިއިގަޓާގައި މި މަހުގެ 11 ން 13 އަށް ބާއްވާ ޖީ7 މާލީ ލީޑަރުންގެ ޖަލްސާގެ ޗެއާމަންކަންވެސް ކުރައްވާނެ ސުޒުކީއެވެ.

މި މަޝްވަރާތަކުގެ ތެރެއިން ޔޫކްރެއިންގެ މާލީ ވަޒީރު ބައިވެރިވުމަށް ދައުވަތު ދޭނެ ކަމަށާއި އެ ބައްދަލުވުމުގައި ހަނގުރާމައިގެ ޝިކާރައަކަށް ވެފައިވާ ޔުކްރެއިނަށް ދޭ އެހީއާއި ބެހޭގޮތުން މަޝްވަރާ ކުރާނެކަމަށް ކަންޑާ ވިދާޅުވިއެވެ.

ޖީ7ގެ ބައްދަލުވުމެއް ފަށާފައިވާއިރު ފަސްޓް ރިޕަބްލިކް ބޭންކް ދާދިފަހުން ބަގުރޫޓުވުމާއި ގުޅިގެން އެމެރިކާގެ ބޭންކިން ދާއިރާއާއި މެދު އިންވެސްޓަރުންގެ ކަންބޮޑުވުންތައް އިތުރަށް ބޮޑުވެ، ޑިޖިޓަލް ބޭންކް ހިންގުން ފަދަ އާ ނުރައްކާތައް ރަނގަޅަށް ބެލެހެއްޓުމަށް ރެގިއުލޭޓަރުންނަށް އިންވެސްޓަރުން ވަނީ ގޮވާލާފައެވެ.

ޖަޕާނުން ބޮޑަށް އަމާޒު ހިފާނީ ފައިނޭންސް ލީޑަރުންގެ ބައްދަލުވުމަށް ފަހު ޖީ7 ގެ ޖޮއިންޓް ސްޓޭޓްމަންޓެއް ނެރުމަށެވެ. އަދި މި ސްޓޭޓްމެންޓުގައި ބޭންކިން ދާއިރާގެ ދަތިތަކަށް ކަމާބެހޭ ފަރާތްތަކުން ސަމާލުވާން ޖެހޭކަމަށް ފާހަގަކޮށްފާނެކަމަށް ބެލެވޭ ކަމަށް މި މައްސަލައަށް އަހުލުވެރި ސަރުކާރުގެ ދެ މަސްދަރަކުން ބުނެއެވެ. އަދި އެޕްރީލްމަހު އެއްބަސްވި އަސާސީ މެސެޖަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށްވެސް މަސްދަރުން ހާމަކުރެއެވެ.

ވޮޝިންޓަން ޑީސީގައި ބޭއްވި ބައްދަލުވުމަށް ފަހު އޭޕްރީލްމަހު ނެރުނު ޖޮއިންޓް ސްޓޭޓްމެންޓުގައި ޖީ7ގެ މާލީ ލީޑަރުން ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ މާލީ ނިޒާމުގެ ހަމަޖެހުން ދެމެހެއްޓުމަށް އެކަށީގެންވާ ފިޔަވަޅުތައް ތިބީ ތައްޔާރަށެވެ.