ޚަބަރު

އައިއެސްއަށް ނިސްބަތްވާ ހަތްމީހުން މަރާލައިފި


ލީބިޔާގެ ސަލާމަތީބާރުތަކުން އެޤައުމުގެ ހުޅަނގުގެ ރަށެއްކަމަށްވާ ޞަބްރާތާގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައިއައިއެސް ޖަމާޢަތަށް ނިސްބަތްވާ ހަތްމީހުން މަރާލައިފިއެވެ. މިކަން ހާމަކުރައްވަމުންޞަބްރާތާގައި އަސްކަރީ މަޖިލީހުގެ ތަރުޖަމާނު ޞަބްރީ ކަޝާދާ ވިދާޅުވީ ލީބިޔާގެސަލާމަތީ ބާރުތަކުން ޙަމަލާދިނީ ޞަބްރާތާގެ ދެކުނުން ވިހި ކިލޯމީޓަރު ދުރުގައިވާއައިއެސް ހަނގުރާމަވެރިންގެ މަރުކަޒެއް ކަމަށް ޝައްކުކުރެވޭ ތަނަކަށް ކަމަށެވެ. އެޙަމަލާތަކުގައި އައިއެސްގެ ހަތް ހަނގުރާމަވެރިން މަރާލެވިފައިވާއިރު ބައެއްހަނގުރާމަވެރިން ފިލާފައިވާ ކަމަށާ ނަމަވެސް އެ އޮޕަރޭޝަން ހިންގި ލީބިޔާގެސަލާމަތީ ބާރުތަކުގައި ހިމެނޭ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްޞަބްރީ ވިދާޅުވިއެވެ.

 ޞަބްރާތާއަކީ އައިއެސް ޖަމާޢަތުގެ ބާރުގަދަކުރަމުން ގެންދާ ލީބިޔާގެރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެރަށުގައިވާ އައިއެސްގެ ތަމްރީންމަރުކަޒަކަށް މިދިޔަ ހަފްތާގައި އެމެރިކާއިން ދިން ވައިގެ ޙަމަލާތަކެއްގައި އައިއެސްގެސާޅީހަކަށް މީހުން މަރުވެފައިވެއެވެ.