ޚަބަރު

މާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ


މީގެ ހަފްތާއެއް ކުރިން މާލެއިން ގެއްލުނު ކ. މާލެ / ހ. ކޯލީފްލާވަރ، އަޙްމަދު ނާޝިދު (46އ) ފެނިއްޖެއެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަޙްމަދު ނާޝިދު ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިފޯޓްކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަދި އޭނާ ހޯދުމަށް ފުލުހުން އިއުލާންކުރީ މިއަދު މެންދުރު 12:00 ހާއިރުއެވެ.

ފުލުހުން ވިދާޅުވީ ގެއްލިގެން އުޅުނު އަޙްމަދު ނާޝިދު ފެނިފައިވާކަމަށެވެ.

ނާޝިދު ގެއްލިގެން އުޅޭކަން ފުލުހުން މިއަދު އިއުލާން ކުރީ އޭނާ ގެއްލުނުކަން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ ބަހާތަކަށް މަޢުލޫމާތުތައް ހިއްސާކޮށް، އޭނާ ހޯދުމަށް ކުރި މަސައްކަތުން އޭނާ ނުފެނުމުންނެވެ.