ޚަބަރު

އދ. ދިއްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިއްޖެ


އދ. ދިއްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފެށިއްޖެއެވެ.

ދިއްދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ބައި އިލެކްޝަން ބާއްވަނީ އެކައުންސިލް ރައީސް މަޤާމުން އިސްތިއުފާ ދެެއްވުމާއި ގުޅިގެންނެވެ. މި އިންތޚާބުގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ދިއްދޫގައާއި މާލޭގައި ކުރިއަށްދާނެއެވެ.

މާލޭގައި ވޯޓުލުން ކުރިއަށްދާނީ މަޖީދިއްޔާ ސްކޫލޫގައެވެ. ދިއްދޫގައި ވޯޓުލުން ކުރިއަށްދަނީ ދިއްދޫ ސްކޫލުގައެވެ. މި އިންތިޚާބުގައި ވާދަކުރަނީ އަމިއްލަ ގޮތުން ވާދަކުރާ ދެ ކެނޑިޑޭޓުންނެވެ.

ދިއްދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ބައި އިލެކްޝަން ބާއްވާއިރު، އެކައުންސިލްގެ މެމްބަރަކު އިސްތިއުފާ ދީގެން އިންތިޚާބު ބޭއްވުމުގެ މަސައްކަތްވެސް އިލެކްޝަންސް ކޮމިޝަނުން ދަނީ ކުރަމުންނެވެ.