ކުޅިވަރު

އދ. މަހިބަދޫ ފުޓްސަލް ދަނޑު ހުޅުވައިފި


އދ. މަހިބަދޫގައި ޤާޢިމުކޮށްފައިވާ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ބައިވެރިވެވަޑައިގެންނެވި މިރަސްމިއްޔާތުގައި ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގައި ހިމެނޭ ފުޓްސަލް ދަނޑު ހުޅުވައިދެއްވީ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. ދަނޑޫ ހުޅުވުމުގެ ގޮތުން އެމަނިކުފާން ޚާއްސަ ޕެނަލްޓީއެއް ޖެއްސެވިއެވެ. މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ޓީމަކާއި ޔޫތް މިނިސްޓްރީގެ ޓީމެއް ވަނީ ޚާއްސަ ފުޓްބޯޅަ މެޗެއް ކުޅުއްވާފައެވެ. ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރު ކުންފުނިތަކުގެ އިސްވެރިން އަދި ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.މިރަސްމިއްޔާތުގައި ދަނޑު ޤާޢިމުކުރުމަށް އެހީވި ފަރާތްތަކަށް އަގުވަޒަންކޮށް އެފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްްވިއެވެ.ދިވެހި ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ޤާޢިމުކޮށްދެއްވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން މަހިބަދޫ ފުޓްސަލް ދަނޑު ޤާއިމުކުރުމަށް 1.3 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ.