ދުނިޔޭގެ ވިޔަފާރި

ބޮއެންގް ކުންފުންޏަށް 10،000 ވަޒީފާ އިތުރުކުރަނީ


ބޮއެންގް ކުންފުނީގެ އުފެއްދުންތައް އިތުރުމުގެ މަޤްޞަދުގައި އިތުރު 10،000 ވަޒީފާ އެކުންފުންޏަށް އިތުރުކުރުމަށް ނިންމައިފިއެވެ.

މަތިންދާ ބޯޓު އުފައްދާ އެމެރިކާގެ ކުންފުނި، ބޮއެންގް ކުންފުނިން މިދިޔަ އަހަރު ވަޒީފާގެ އަދަދު 14،000 އިތުރުކޮށްފައިވެއެވެ. މިއާއެކު އެކުންފުނީގެ މުވައްޒަފުންގެ ޢަދަދު ވަނީ 156،000 އަށް އަރާފައެވެ. 2021 ވަނަ އަހަރު ގާތްގަނޑަކަށް 142،000 މަސައްކަތްތެރިން ބޮއިންގް ކުންފުނީގައި ވަޒީފާ އަދާކުރިއެވެ.

މިހާރު ހުރި އުފެއްދުންތަކާއި ޓެކްނޮލޮޖީގެ ތަރައްގީއަށް އެހީތެރިވުމަށް ވަސީލަތްތައް ރަނގަޅަށް އެލައިން ކުރުމަށްޓަކައި ބޮއިންގުން ވަނީ ބައެއް ސަޕޯޓް ޑިޕާޓްމަންޓްތަކުން މުވައްޒަފުން މަދުކުރާނެކަން ކަށަވަރުކޮށްދީފައެވެ. މި އަހަރު އެ ކުންފުނިން އުނިކުރާނީ ކިތައް ވަޒީފާ ކަމެއް ބޮއެންގް އިން ހާމައެއް ނުކުރެއެވެ.

ޑިމާންޑު އިތުރުވަމުންދާތީ ވަޒީފާތައް ބޮޑަށް އިތުރު ކުރާނީ ބޮއިންގްގެ ބިޒްނަސް ޔުނިޓްތަކުގެ އިތުރުން، އިންޖިނިއަރިން އާއި މެނުފެކްޗަރިންގެ ޔުނިޓަށެވެ. އެ ކުންފުނިން ރާވާފައި ވަނީ މި އަހަރު 737 މެކްސްގެ މަތިންދާ ބޯޓު މިއަހަރު 400 އާއި 450 އާއި ދެމެދުގެ އަދަދަކަށް ޑެލިވަރީ އިތުރުކުރުމަށެވެ.

ޔޫރަޕްގެ ވާދަވެރި އެއާބަސް އިންވެސް މި އަހަރު 13،000 މުވައްޒަފުން އިތުރު ކުރަން ރާވާފައިވާކަމަށް މި ހަފްތާގައި ބުނެފައިވެއެވެ. އެ ވަޒީފާތަކުގެ ތެރެއިން ގާތްގަނޑަކަށް 7،000 ވަޒީފާ އަލަށް އުފައްދާ މަގާމުތަކަށް ކަނޑައަޅާފައިވާއިރު، އަލަށް ވަޒީފާއަށް ނަގޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 9،000 މީހުން ތިބީ ޔޫރަޕްގައެވެ.

މި އަހަރު އެމެރިކާގައި އުފައްދާ އާ ވަޒީފާތަކާއި ބެހޭގޮތުން ބޮއެންގް އިން އަދި އެއްޗެއް ނުބުނެއެވެ.

ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން ބޮއެންގް ގައި މުވައްޒަފުން ތިބި އަދަދާއި މިހާރު ވަނީ ގާތްގަވެފައެވެ. ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ނިމުނުއިރު ބޮއެންގް ގައި 161،000 މުވައްޒަފުން ތިއްބެވެ.