ޚަބަރު

ނޮޅިވަރަމް ސްކޫލުގެ މަލްޓި-ޕަރޕަސް ހޯލުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި


ހދ. ނޮޅިވަރަމް ސްކޫލުގެ މަލްޓި-ޕަރޕަސް ހޯލުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ޙަވާރުކޮށްފައިވަނީ ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ނޮޅިވަރަމް ސްކޫލުގެ މަލްޓި-ޕަރޕަސް ހޯލުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނަޢީމެވެ. ނޯތް ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޢަލީ ޢިޔާނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ނޮޅިވަރަމް ސްކޫލުގެ މަލްޓި-ޕަރޕަސް ހޯލުގެ މަސައްކަތަކީ 2022 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ. މި މަޝްރޫޢު އެކުންފުންޏާއި ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

ހދ. ނޮޅިވަރަމް ސްކޫލުގެ މަލްޓި-ޕަރޕަސް ހޯލުގެ މަސައްކަތަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.