ޚަބަރު

3 ސްކޫލެއްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް 3 ކުންފުންޏަކަށް


2 ސްކޫލަކަށް ކްލާސްރޫމް އިމާރާތް ކުރުމަށާއި ފިނޭ ސްކޫލްގައި މަލްޓިޕަރޕަސް ހޯލް އެޅުމަށް 3 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ މި މަޝްރޫޢުތަކަކީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ. މިތިން އެއްބަސްވުމުގައިވެސް އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްއެވެ.

މީގެ ތެރެއިން ބ. ފުޅަދޫ ސްކޫލް އޮފީހާއި 1 ކްލާސްރޫމްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އޮސްލޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. 2021 ވަނަ އަހަރުގެ ޕީއެސްއައިޕީގެ ބަޖެޓުން ކުރިއަށްގެންދާ މި މަސައްކަތަށް 2.5 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ 95 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އިސްކޯ އިންވެސްޓްމަންޓުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޢަބްދުﷲ ސައީދުއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސ.ހިތަދޫ ނޫރާނީ ސްކޫލަށް އިތުރުކުރާ 12 ކްލާސްރޫމްގެ މަސައްކަތް ނޫރައްދީން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 12.4 މިލިޔަން ރުފިޔާއަށެވެ. މިމަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 1 އަހަރުދުވަހެވެ.

ނޫރައްދީން އިންވެސްޓްމަންޓްއިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަލީ ނޫރައްދީންއެވެ.

ހދ. ފިނޭ ސްކޫލްގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއެވެ. 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އެ ކުންފުންޏާ ހަވާލުކުރި މިމަސައްކަތަށް 12.5 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

ވޭވްލެންތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ މުޙައްމަދު ފަޒީލްއެވެ.