ޚަބަރު

ބީއެމްއެލް އިން ކިނބިދޫއާއި ލަންދޫގައި ހިންގި ކޮމިއުނިޓީ ފަންޑު ޕްރޮޖެކްޓްތައް ނިންމާލައިފި


ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ "ބީއެމްއެލް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ތ. ކިނބިދޫ އާއި ނ. ލަންދޫގައި ކުރިޔަށްދިޔަ ދެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ތ. ކިނބިދޫގައި ވަނީ ޕިކްނިކް ސަރަހައްދެއް ތަރައްޤީކޮށްފައެވެ. ރަށުގެ ރައްޔިތުންނާއި ކިނބިދޫ ސްކޫލު ކުދިންނަށް ބޭނުން ކުރެވޭނެހެން މި ސަރަހައްދުގައި ހަޓް، ޖޯލި، ބެންޗު އަދި އައުޓްޑޯ ޝަވަރެއް ބަހައްޓާފައިވެއެވެ.

ކޮމިއުނިޓީ ފަންޑުގެ އެހީގައި ނ. ލަންދޫގައި ބާބަކިއު ހެދުމަށް ޚާއްސަ ސަރަހައްދެއް ވަނީ ތަރައްޤީކޮށްފައެވެ. މި ސަރަހައްދުގައި ބެންޗު، އުނދޯލި، އަދި ހަޓު ބަހައްޓާފައިވެއެވެ. މި ބާބަކިއު ސަރަހައްދުގައި މިނީ ލައިބްރަރީ އަކާއެކު ކެންޓީނެއް އަދި ތަކެތި ރައްކާކުރުމަށް ސްޓޯރެއްވެސް ޤާއިމުކޮށްދީފައިވެއެވެ.

ބީ.އެމް.އެލުން ކުރިއަށްގެންދާ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެކެވެ. މިހާރު ބޭންކުން ދަނީ މިއަހަރުގެ ދެވަނަ ކުއާޓަރ އަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.