ޚަބަރު

ކޮރެއާގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް ޞޯބިރު، ނެދެލަންޑްސްއަށް އުމަރު


ދިވެހި ރާއްޖެއިން ކޮރެއާއަށް ކަނޑައަޅުއްވާ ނޮން ރެސިޑެންސް ސަފީރުގެ މަޤާމަށް ޙަސަން ޞާބިރު އަދި ކިންގްޑޮމް އޮފް ނެދަލެންޑް އަދި ގްރޭންޑް ޑަޗްސް އޮފް ލަގްޒަމްބާގުގެ ނޮން ރެސިޑެންސް ސަފީރުކަމަށް އުމަރު އަބްދުއްރައްޒާގު އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފިއެވެ.

މިބޭފުޅުން ނޮން ރެސިޑެންސް ސަފީރުކަމަށް އައްޔަން ކުރަން މަޖިލީހުން ރުުހުން ދީފައިވަނީ، 39 މެމްބަރުންގެ ވޯޓުންނެވެ.

ދިވެހި ރާއްޖެއިން ކޮރެއާއަށް ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދެއްވި ޙަސަން ޞާބިރަކީ ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ސަފީރެވެ.

ނެދަލެންޑް އަދި ގްރޭންޑް ޑަޗްސް އޮފް ލަގްޒަމްބާގުގެ ނޮން ރެސިޑެންޓް ސަފީރުކަމަށް އައްޔަން ކުރެއްވި އުމަރު އަބްދުއްރައްޒާގަކީ ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

ޢުމަރު ޢަބްދުއްރައްޒާޤަކީ، އޮސްޓްރޭލިއާގެ އެޑިތް ކޮވިން ޔުނިވަރސިޓީއިން މަރސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ ކުރިން ސަރުކާރުގެ އިސް ބައެއް މަޤާމުތައް ފުރުއްވާފައިވެއެވެ. މީގެ އިތުރުން ޙަސަން ޞާބިރަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތް ވޭލްސް އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ރައީސް މައުމޫންގެ ވެރިކަމުގައި މިނިސްޓަރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.