ފްރެންޗް ލީގުގެ ޗެމްޕިއަން ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ، ކުރިއަށް އޮތް ސީޒަނުގައި އެ ކުލަބުގައި ނުހުންނާނެކަން ހާމަވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތަށް ނިންމާފައިވަނީ ކުލަބާއި ޕޮޗެޓީނޯގެ މެދުގައި މިދިޔަ ހަފުތާގައި ދެކެވުނު ވާހަކަތަކަށްފަހުއެވެ.
ޕީއެސްޖީން މިކަން ރަސްމީކޮށް އަދި އިއުލާން ކޮށްފައިނުވި ނަމަވެސް، އުމުރުން 50 އަހަރުގެ ޕޮޗެޓީނޯ އޭނާގެ އެއްބަސްވުމުގެ ފަހު އަހަރު އެ ކުލަބުގައި ނުހުންނާނެކަން މިހާރު ވަނީ ޔަގީންވެފައެވެ.
މިމަގާމަށް ގެނައުމަށް ޕީއެސްޖިއިން މިހާރު މަސައްކަތްކުރާ ކޯޗުންގެ ތެރޭގައި ޒައިނުއްދީން ޒިދާނާއި، ޖޯސޭ މޮރީނިއޯ އަދި ނީސްގެ ކޯޗް ކްރިސްޓޮފާ ގަލްޓިއާ ހިމެނެއެވެ.
މިނިމުނު ސީޒަންގައި ޕިއެސްޖީން ލީގު ކާމިޔާބުކުރި ނަމަވެސް، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުން ވަނީ ކަޓާފައެވެ. އެކަމަކު 2021 ވަނަ އަހަރުގެ ލީގު ކަޕް ޕީއެސްޖީން ވަނީ އޭނާގެ ކޯޗުކަމުގެ ދަށުން ކާމިޔާބުކޮށްފައެވެ. ނަމަވެސް މިއީ އެ ޓީމުގައި އޮތް ވަރުގަދަ ޓީމަށް ބަލާއިރު އެންމެ ދަށްކޮށްވެސް ހޯދަންޖެހޭނެ ނަތީޖާ ކަމަށް އެ ކުލަބުގެ އިސްވެރިން ގަބޫލުކުރެއެވެ.