ޚަބަރު

ގަން އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ފުރަތަމަ މަރުޙަލާ ފަށައިފި


އައްޑޫ ސިޓީ، ގަން އިންޓަރނޭޝަނލް އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރުމުގެ މަސައްކަތް އިންޑިއަން އެގްޒިމް ބެންގެ ފަރާތުން މިއަދު ފަށައިފިއެވެ. މިއީ މިމަޝްރޫގެ ފުރަތަމަ މަސައްކަތެވެ.

އިންޑިއާގެ އެގްޒމް ބެންކުގެ ލޯނު އެހީ ހަމަޖެހިފައިވާ މި މަރޫޢުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަސީލަތްތަކާއެކު ޕެސެންޖަރ ޓަރމިނަލް ތަރައްޤީ ކުރާނެއެވެ. މީގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔަރ ސްޓޭޝަން ޢިމާރާތްކުރާނެއެވެ.

އަދި އެއަރޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ކާގޯ ވަސީލަތްތައް ތަރައްޤީކުރުމުގެ އިތުރުން އެއަރޕޯޓުގެ މަގުތައް ތަރައްޤީކޮށް ޕާރކިންގ ސަރަޙައްދެއްވެސް ހަދާނެއެވެ. މީގެ އިތުރުންވެސް އެއަރޕޯޓް ތަރައްގީކުރުމާގުޅޭ އެހެނިހެން ގިނަ ކަންތައްތައް މިމަޝްރޫއުގެ ތެރެއިން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގަން އިންޓަރނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނގެ މައި ދޮރާއްޓެވެ. އެ އެއަޕޯރޓް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމީ ދެކުނުގެ ތަރައްޤީއާ ގުޅިފައިވާ މުހިންމު މަސައްކަތެކެވެ. އެ ސަރަހައްދުގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި އެހެނިހެން ސިނާއަތްތައް ތަރައްޤީކޮށް، ދެކުނުގެ އަތޮޅުތަކުގެ އިގްތިސާދު ފުޅާކުރުމަށް ރައީސުލްޖުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުވެގެން ދިޔުމުގައި ގަން އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢު މުހިންމު ދައުރެއް އަދާ ކުރާނެއެވެ.

މި މަޝްރޫއުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ފަހުކޮޅުގައި ފަށާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.