ޚަބަރު

މާފުށީ ޕްރީ ސްކޫލުން "ކޮމިއުނިޓީ ހެލްޕަރސް ޑޭ" ޙަރަކާތެއް ބާއްވައިފި


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގެ އޮފިސަރުން، މާފުށީ ޕްރީސްކޫލްއިން ބޭއްވި "ކޮމިއުނިޓީ ހެލްޕަރސް ޑޭ" ހަރަކާތުގައި ބައިވެރިވެއްޖެއެވެ.

"ކޮމިއުނިޓީ ހެލްޕަރސް ޑޭ" ފާހަގަކުރުމުގެ ބޭނުމަކީ ކުޑަ ކުދިންނަށް މުޖްތަމަޢުގައި މަސައްކަތްކުރާ އެކި ފަރާތްތަކުގެ މަސައްކަތްތައް ދައްކާލައި ބުނެދިނުމެވެ. މިގޮތުން މި ހަރަކާތުގައި އެމްސީއެސްގެ ޔުނިފޯމް ލުމާއި މާފުށީ ޖަލުގެ ބައެއް މަސައްކަތްތައް ދައްކާލުން ހިމެނުނެވެ.

އެމްސީއެސްގެ އިތުރުން މި ހަރަކާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް، ހެލްތް ސެންޓަރ އަދި މާފުށީގެ އެހެން މުވައްސަސާތައް ބައިވެރިވިއެވެ.