ޚަބަރު

ހިޔާ ފްލެޓުގައި ޕިއްޒާ ބޯނާގެ އައުޓްލެޓެއް ހުޅުވައިފި


ހިޔާ ފްލެޓުގައި ޕިއްޒާ ބޯނާގެ އައުޓްލެޓެއް ހުޅުވައިފިއެވެ.

ޕިއްޒާ ބޯނާގެ މި އައުޓްލެޓް ހުޅުވާފައިވަނީ ހިޔާގެ 15 ވަނަ ޓަވަރުގައެވެ.

ޑައިންއިންވެސް ކުރެވޭ ގޮތަށް ހުޅުވާފައިވާ މި އައުޓުލެޓާއި ގުޅޭގޮތުން ޕިއްޒާ ބޯނާގެ ޑިރެކްޓަރެއް ކަމުގައިވާ ހުސެއިން ހާލީ ވިދާޅުވީ އެތަނުގެ އިންޓީރިއާއަށް ބޮޑު ތަފާތެއް ގެނެސްފައިވާ ކަމަށެވެ. އަދި މިތަނުގެ މަސައްކަތް ކުރަމުން ދިޔައިރު ގިނަ އަދަދެއްގެ ކަސްޓަމަރުން އެތަން ހުޅުވާނެ އިރެއް އަހަމުން ދިޔަކަން ހާލީ ފާހަގަކުރެއްވިއެވެ.

ހިޔާ ފްލެޓުގައި ހުޅުވާފައިވާ ޕިއްޒާ ބޯނާގެ އައުޓުލެޓުގައި އެއްފަހަރާ 40 އަށްވުރެ ގިނަ މީހުންނަށް ޚިދުތްދެވޭނެ ކަމަށާއި، ޓޭކް އަވޭ އަދި ޑެލިވަރީގެ ޚިދުމަތްވެސް މި އައުޓުލެޓުން ލިބޭނެ ކަމަށް ހާލީ ވިދާޅުވިއެވެ.

ޕިއްޒާ ބޯނާއަކީ ދިވެހިންގެ މެދުގައި މަޤްބޫލު ބުރޭންޑަކަށްވެފައިވާއިރު، މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ޕިއްޒާ ބޯނާގެ އައުޓުލެޓުތައް ހުރެއެެވެ.

ހިޔާ ފްލެޓްތަކުގައި މިހާރުވެސް 15000 އެއްހާ މީހުން ދިރިއުޅެމުން އަންނަ އިރު، އެތަނުގައި ދަނީ ތަފާތު އެކި ވިޔަފާރިތަކުގެ އައުޓުލެޓުތައް ހުޅުވަމުންނެވެ.