ޚަބަރު

އެމެރިކާގެ ނައިބު ރައީސަށް ކޯވިޑް-19 ޖެހިއްޖެ


އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސްސަށް ކޯވިޑް-19 ޖެހިއްޖެއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރުން ބުނެފައިވަނީ ހެރިސްސަށް ބަލިޖެހުނު ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ކިބައިން ނުފެންނަކަމަށެވެ. ޢުމުރުފުޅުން 57 އަހަރުގެ ހެރިސްވަނީ ކޯވިޑް-19 ހަތަރު ޑޯސް ޖައްސަވައިފައެވެ. އެ ގޮތުން ފުރަތަމަ ޑޯސް ޖައްސަވާފައިވަނީ ނައިބު ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. އަދި ހަތަރުވަނަ ޑޯސް އޭނާ ޖެއްސެވީ އޭޕުރީލް މަހުގެ 1ވަނަ ދުވަހުއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރުން ބުނެފައިވާ ގޮތުގައި ހެރިސްސަށް ބަލިޖެހުނު ނަމަވެސް އެ ޤައުމުގެ ރައީސް ޖޯ ބައިޑަންނާއި އޭނާގެ އަނބިކަނބަލުން ޖިލް ބައިޑަންނަށް އެއްވެސް ނުރައްކަލެއް ނެތްކަމަށެވެ.