ޚަބަރު

އޭދަފުށީ ބަތްޕެން މިއީ ހަމަ ޚާއްސަ ބުއިމެއް!


މީމީގެ އެތައް އަހަރެއް ކުރީގެ ވާހަކަތަކެކެވެ. އެދަފުށީގައި ބަތްޕެން ނުކައްކާ އަދި ނުބޯ ހަނދާނެއްވެސް ނުހުރެއެވެ. ކޮބާ ކޮން ރަށެއްހޭ އަހާލީމާ އޭދަފުށްޓޭ ބުނާތަނުން އޯ ޕަތްޕެނޭ ނުވަތަ ސަޓަރޑޭ ސޫޕެކޭ ބުނާނެއެވެ. ހަމަ ވިދިގެން ދެން ކުރާނެ ސުވާލަކީ އޭހަމަ ތިރަށު މީހުން ކުރިކަމެއްހޭއެއީ މިސުވާލެވެ.

ރަގަނޅެވެ. އޭދަފުށްޓަށް މައްޝޫރު އަދި މުޅި ރާއްޖޭގެ ރައްޔިތުން އެބުއިމެއް ބޯލަން ބޭނުންވާ ބަތްޕެނަކީ އެވޭލާ ޒަމާނުއްސުރެ އޭދަފުށީގައި ވަރަށް ގިނައިން ބުއިމަށް ބޭނުންކުރާ ބާވަތެކެވެ. ބަތްޕެން ބުއިމަށް އާދަވެފައިވާ މިރަށުގައި މިހާރު ޢާއްމުކޮށް ބަތްޕެން ކައްކައި އުޅެނީ ރޯދަމަހުއެވެ. އާންމު މަސްމަހުގައި ބަތްޕެން ކައްކަނީ ވަރަށް މަދުންނެވެ.

އަހަންނަކީ 1968ވަނަ އަހަރު އޭދަފުށްޓަށް މީހުން ބަދަލުކުރި ބ.މާއްޑޫގެ ޢާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އެކަމު މީގެ 54 އަހަރު ކުރީގެ މިވާހަކައިގެ ތެރެއިންވެސް ބަތްޕެނުގެ ވާހަކަ ހަމަ ޚާއްސަވެއެވެ. އެއީ މީހުން ބަދަލު ކުރިދުވަހު އޭދަފުށީ ހުރިހާ ގެއަކުން އޭދަފުށްޓަށް ބަދަލު ކުރި އާއިލާތަކަށް މަރުހަބާކީ ބަތްޕެނުންކަމަށްވާތީއެވެ.

އުމުރުން އެންމެ ކުޑައިރުންސުރެ މިއަދާހަމައަށްވެސް ރޯދަމަހު ހާރުކެއުމަށް ބަތްޕެންބޮމެވެ. ރޯދަމަހު ޢާންމުކޮށް މީހުން ކައްކާ އެންމެ މުހިންމު އެއް ބާވަތަކީ ފެންބަތްޕެނެވެ. އޭގެ ރަހަ މީރުކޮށްލުމަށް ކާފުރޫ ތޮޅިއާ ރާނބާފާތް އަދި ފޮނިތޮށި ފަދަ ބާވަތްތައް މިހާރަކަށް އައިސް ބޭނުން ކުރެއެވެ. ކޮންމެއަކަސް ބަތްޕެނަކީ އެންމެ ޚަރަދުކުޑަ ސިއްޙީގޮތުން ބުއިމަށް ފައިދާހުރި އެއްބުއިމެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބަތްޕެނަކީ ރޯދަމަހަށް ޚާއްސަ ބުއިމެކެވެ. އެއީ އެއިން ސިއްޙަތަށް ނުހަނު ފައިދާ ބޮޑުވެފައި އެތެރެހައްޓަށްވެސް ފަސޭހަ ބުއިމަކަށްވާތީއެވެ.

ރޯދަމަހާ ޚިލާފަށް ޢާންމު މަސްމަހުވެސް ސިއްޙީ ގޮތުން ދިމާވާ މައްސަލަތަކުގެ ސަބަބުން މީހާ ވަރުބަލި ވާނަމަ ނުވަތަ ދިޔާއެއްޗެހި ގިނައިން ބުއިމަށް ޑޮކްޓަރުން ލަފާދިނުމުން އެންމެ ގިނައިން ރާއްޖޭގައި މީހުން ބޯން ބޭނުންކުރާ އެއް ބާވަތަކަށް ބަތްޕެން ވާނެއެވެ.

ހުންއައިސްގެން އުޅޭ މީހުންނާއި ބަނޑުގައި ރިއްސާ މީހުންނަށާ ހަކުރު ބަލިހުންނަމީހުންނާ ލޭމައްޗައް ދިއުމާއި ކޮލަސްޓްރޯލް ހުންން މީހުންނަށްވެސް މީހަމަ އެންމެ ރަގަޅު އެއްބުއިމެކެވެ. ސިއްޙީގޮތުން ފައިދާ އެކުލެވިގެންވާ ބޯލަން ފަސޭހަ އަދި އެހާމެ މީރު މިބުއިން އާންމުކޮށް ކައްކާނީ ޅަހަނޑުލުގައެވެ. ޅަހަނޑުކޮޅު އަވީގައި ރަގަޅަށް ހޫނުކޮށްލުމަށް ބަހައްޓައެވެ. އެއީ ކައްކާއިރު ހަނޑޫ ފުއްތައް ފަސޭހައިން ފަޅާލުމުގެ ބޭނުމުގައެވެ. ދެން ފެންފޮދަކަށް އަޅާފައި ކައްކާނީއެވެ. ހަނޑޫތައް ފަޅައިގެން ގޮސް އެތެރޭގައި ހުންނަ ކާބޯހައިޑްރޭޓްސް ގެ ބާވަތްތައް ފެންގަންޑަށް ނުކުންނަންދެން ކަށްކަން ޖެހޭނެއެވެ. އާންމުކޮށް ކުރީ ގައި ދަރު އުނދުގައި ކައްކާއުޅުނު ބަތްޕެނުގައި ހިމެނޭ ކާބޯ ހައިޑްރޭޓްސްގެ މާއްދާ ހަށިގަނޑުތެރެއަށް ދިއުމުން ފެން ބުއިމާ ކަރުހިއްކުން ފަދަ ކަންކަމުން މީހާ ދުރުކޮށްދޭނެއެވެ. އެއީ އޭގެއިން ލިބޭ އެންމެ ބޮޑު އެއްފައިދާއެވެ.

އޭދަފުށީ މީހުން ފިނި ބަތްޕެން ވެސް ބުޔެވެ. އެމީހުން އޭރު އެގޮތަށް އެކަންކުރީ އެއީ ވަރަށްތަދު ދުވަސްވަރަކަށް ވާތީއެވެ.

އެހެންކަމުން މީ ނުބޮއި ދޫކޮށްލާވަރުގެ އެއްޗެއް ނޫނެވެ. މިފާއިތުވި 12 އަހަރުގެ ކުރިއަށް ބަލާނަމަ މިރަށުގައި ބަތްޕެން ނުކައްކާ އެއްވެސް ގެއެއް ނެތޭ ދެނެނެވިދާނެއެވެ. އެއީ މީގެ ތަފާސްހިސާބެއް ހޯދުމަށް 2008ގައި ގެތަކަށް ވަކިވަކިން ވަދެ އަޅުގަނޑު އެއްކުރި މަޢުލޫމާތުން އެކަން ހާމަވާތީއެވެ. އަދި އެދުވަސްވަރު އޭދަފުށީގެ ގޭބިސީތަކުގެ ތެރެއިން ބަތްޕެންނުކަށްކާ ގޭގޭގެ އަދަދު އިނގިލިން ގުނާލެވޭހާމަދެވެ.

އޭރުގެ ޒުވާނުންވެސް ގިނައިން ބުއި މިބުއިން މިހާރުގެ ބައެއް ޒުވާނުންކަށް މާކަމުދާކަމަކަށް ނުވެއެވެ. ބަތްޕެނުގެ ތެރޭގައި ވަރަށް ގިނަ ބާވަތްތައް ހުރެއެވެ. އެއީ ފެންބަތްޕެނާއި ކުޅިބަތްޕެނާއި ލޮނުލީ ބަތްޕެނެވެ. އަދި ކަށިކެޔޮ ބަތްޕެނަކީވެސް އޭދަފުށީގައި އާންމުކޮށް ކައްކާ ބާވަތެކެވެ. ފެންބަތްޕެނަކީ ހޮނިހިރު ދުވަހު އޭދަފުށީ މީހުންގެ އާންމު ކެއުމެވެ. އެއީ އޭދަފުށީ ހޮނިހިރު ބަތެޕެނެނެވެ. މިއީ ހަމަ މީރު އެހާމެ ޚާއްސަ ބުއިމެކެވެ.