ރިޕޯޓް

"އިންކްލޫސިވް ލާނިން އެޑިއުކޭޝަން" ވޯކްޝޮޕް ނިންމާލައިފި


"އިންކްލޫސިވް އެޑިއުކޭޝަން" ނުވަތަ ހުރިހާ ކުދިން ޝާމިލް ވާގޮތަށް ކްލާސް ރޫމް ބައްޓަންކޮށް، ތަޢުލީމީ މުޤައްރަރުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމް އުގަންނައި ދިނުމަށް ދަސްކޮށްދިނުމަށް އެޖަމްއިއްޔާއިން ކުރިއަށްގެންދިޔަ 3 ދުވަހުގެ މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ. ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙާއްސަ އެމްބެސެޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންކުރާ މަސައްކަތަކީ އާދައިގެ ޓީޗަރުންކުރާ މަސައްކަތްތަކަށްވުރެ އެތައް ގުނައެއް އިތުރު މަސައްކަތެއް ކަމަށާއި މި މަސައްކަތް މެދުކެނޑުމެއްނެތި ކުރުމަކީ އެކުދިންނަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. މި މަސައްކަތު ބައްދަލުވުމުގައި ކިޔަވައިދެއްވި އެމެރިކާގެ ޕްރޮފެސަރ ޑރ. ލިންޑީ ކްރޮފޯޑް ވިދާޅުވީ، މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މުދައްރިސުންނަށް ދަސްކޮށްދީފައިވާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ފެންވަރު ދެނެގަނެ، އެކުދިން އާދައިގެ ކްލާސްރޫމެއްގައި ކިޔައިވަދޭނެ ގޮތްތައް ކަމަށެވެ. އޯޓިޒަމް އެސޯސިއޭޝަނުން ކޮންމެ އަހަރަކުވެސް، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމް އުގަންނައިދެއްވާ ފަރާތްތަކަށާއި، ބެލެނިވެރިންނަށް އަމާޒުކޮށްގެން ތަފާތު ކޯސްތައް ހިންގަމުންދާ ޖަމާއަތެކެވެ. މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން އިސްނަގައިގެން ހިލޭ ސާބަހަށް ކުރިޔަށްގެންދިޔަ ބައްދަލުވުމުގައި މާލޭގެ އެކި ސްކޫލްތަކުންނާއި މަދަނީ ޖަމާއަތްތައް ހިމެނޭ ގޮތަށް ޖުމްލަ 30 މުދައްރިސުން ބައިވެރިވެފައިވެއެވެ.