ދުނިޔެ

ޖަލާލް އާބާދުގައި ދިން ޙަމަލާއާ ޠާލިބާނުންނާ ގުޅުމެއް ނެތް !


އަފްޣާނިސްތާނުގެ އިރުމަތީގެ ރަށެއްކަމަށްވާ ޖަލާލް
އާބާދުގައި މީހަކު އަމިއްލައަށް މަރުވެގެން މިއަދު ދިން ޙަމަލާއާ އެއްވެސް
ގުޅުމެއްނުވާކަމަށް ޠާލިބާން ޖަމާޢަތުން ބުނެފިއެވެ.
ޠާލިބާނުންގެ ތަރުޖަމާނެއް ކަމަށްވާ ޒަބީހުﷲ މުޖާހިދު ބުނީ ޖަލާލް އާބާދުގައި
ދިން ޙަމަލާއަކީ އެޖަމާޢަތުގެ ހަނގުރާމަވެރިން ދިންޙަމަލާއެއް ނޫންކަމަށެވެ. ޖަލާލް
އާބާދުގައި މީހަކު އަމިއްލައަށް މަރުވެގެން މިއަދު ހެނދުނު ދިން ޙަމަލާގައި 13
މީހުން މަރުވެ 14 މީހުން ޒަޚަމްވެފައިވެއެވެ. މިޙަމަލާ އަމާޒުކޮށްފައިވަނީ އެރަށުގެ ޤަބީލާއެއްގެ އިސްވެރިއެއްގެ
ގޭގައި އުފާފާޅުކުރުމުގެ ހަފްލާއެއް ކުރިޔަށްދަނިކޮށް އެ ހަފްލާއަށް އަމާޒުކޮށެވެ.



މިޙަމަލާގައި މަރުވިމީހުންގެ ތެރޭގައި ޤަބީލާގެ ވެރިމީހާގެ
ފިރިހެން ދަރިފުޅު ހިމެނޭކަމަށް އެ ސަރަޙައްދުގެ ގަވަރުނަރުގެ ތަރްޖަމާން އާޔަތުﷲ
ޚޫޖިޔާނީ ވަނީ ހާމަކުރައްވާފައެވެ.