ޚަބަރު

ކަދުރު - ސިއްޙީ އެތައް ފައިދާއެއް ލިބޭ އެއްޗެއް


ރޯދަމަހަކީ ކަދުރުގެ މޫސުމެވެ. ރޯދަމަހާ އެކު ރާއްޖޭގެ ބާޒާރުތައް ކަދުރުގެ އެކި ބާވަތްތަކުން ތިޔާޤިވެގެނެދެއެވެ. ކަދުރުން ރޯދަ ވީއްލުމަކީ މުސްލިމުންގެ މެދުގައި ސުންނަތެއް ދިރުވުމުގެ ގޮތުން ކުރެވޭ ކަމެކެވެ.

ރޯދަ ވީއްލުމަށް ކަދުރު ބޭނުން ކުރާއިރު، ކަދަރުން ލިބޭ ސިއްޙީ ފައިދާތައް އެގެނީ މަދު ބަޔަކަށެވެ.

ކަދުރުން ލިބޭ ސިއްޙީ ބައެއް ފައިދާތަކަކަށް ބާލާލާނަމެވެ.

ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދޭ

ކެއުމުގައި ކަދުރު ބޭނުންކުރުމަކީ ހަޖަމުކުރުމުގެ ނިޒާމް ރަނގަޅު ކޮށްދޭ ކަމެކެވެ. ކަދުރުގައި ފައިބާ މާއްދާ ގިނަވުމުން، ބަނޑު ހިކުން ފަދަ ކަންތައްތަކާއި ކަނދުރު ކެއުމުން ދުރުކޮށްދެއެވެ.

ހިތުގެ ބަލިތަކާއި ދުރުކޮށްދޭ

ކަދުރަކީ ޑައިޓަރީ ފާބާގެ މާއްދާ ގިނަ މޭވާއެކެވެ. އެހެން ކަމުން ކޮލެސްޓްރޯލް ލޭގެ ތެރޭގައި އަށަގަންނަ މިންވަރު ދަށްކޮށްދެއެވެ. މިއާ އެކު ލޭ ނާރުތައް ފިތިގެން ކުރިމަތިވާ ހިތުގެ ބަލިތަކާއި ދުރުކޮށްދެއެވެ.

ބަރުދަން ލުއިކޮށްދޭ

ކަދުރަކީ ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދޭ މޭވާއެކެވެ. އެހެންކަމުން ކެއުމުގައި ގިނައިން ކަދުރު ބޭނުންކުރުމުން ބަރުދަން ލުއިކޮށްދެއެވެ.


ކަށި ވަރުގަދަކޮށްދޭ

ކަދުރުގައި މިނަރަލްގެ މާއްދާތައް ގިނަ މޭވާއަކަށްވުމުން ކަށި ވަރުގަދަކޮށްދިނުމަށް އޭހީތެރިވެދެއެވެ. އަދި ތަންތަނުގައި ރިއްސުމަށްވެސް ކަދުރަކީ ފަރުވާއެކެވެ.

އިސްތަށިގަނޑު ވަރުގަދަކޮށްދޭ

ކަދުރުގައި ވިޓަމިން ބީ-5 ހިމެނޭ މޭވާއަކަށްވުމުން، މިއީ އިސްތަށިގަނޑު ވަރުގަދަކޮށްދޭ މޭވާއެކެވެ. އެގޮތުން އިސްތަށި ފޭބުމާއި، އިސްތަށިގަނޑި ދެ ކަފިވުމުން ފަދަ ކަންތައްތަކުން ކަދުރު ކެއުމުން ދުރުކޮށްދެއެވެ.