 
										
			ކަނޑުމަތީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. 
ފުލުހުން ބުނެފައިވަނީ ޑްރަގު އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ކަނޑުމަތީގައި ރޭ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާއެކު އިންޑިއާ މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ. 
އުމުރުން 37 އަހަރުގެ މިމީހާއަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.  
މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.