މުނިފޫހިފިލުވުން

"ރަންވޭ 34" ގެ ފަސްޓް ލުކް


މީގެކުރިން "މޭޑޭ" ގެ ނަމުން ދީފައިވާ ފިލްމު "ރަންވޭ 34" ގެ ފަސްޓް ލުކް ދައްކާލައިފިއެވެ. ފިލްމުގެ ޕޯސްޓަރުތަކެއްވެސް މީގެކުރިން މިދިޔަ އަހަރު ވަނީ ދައްކާލާފައެވެ.

އެކްޓަރ އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ތެރޭގައި އަޖޭއާ އެކު އަމީތާބް ބައްޗަނާއި ރަކުލް ޕްރީތު ސިންގް ވެސް ހިމެނެ އެވެ. މީގެއިތުރުން އަންގިރާ ދާރް، ބޮމަން އިރާނީ، އަކަންކްޝާ ސިންގް އަދި ނަރޭޝް ނާރާޔަން ވެސް މި ފިލްމުން ފެންނާނެއެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާ މި ފިލްމަކީ އިންޑިއާގައި މަތިންދާބޯޓެއް ރަންވޭއަކުން ކަހާލައިގެން ހިންގާފައިވާ ނުރައްކާތެރި ހާދިސާއެއްގެ ވާހަކަތައް ގެނެސްދޭ ފިލްމެކެވެ. މީގައި އަޖޭ އާއި ރަކުލް ފެންނާނީ ޕައިލެޓުންގެ ރޯލުންނެވެ. އަމީތާބްގެ ކަބީރް ބަނުޝާލީ އަކީ ދެ ވަކީލުންނެވެ.

މި ފިލްމުގެ ފުރަތަމަ ދައްކާލުމާއިއެކު ފިލްމުގެ މިއުޒިކްވެސް ވަނީ ލޯންޗުކޮށްފައެވެ.

ޑްރާމާ ތުރިލާއެއްގެ ގޮތުގައި ހަދާ ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އެޕްރީލް 29 ގަ އެވެ. އަޖޭ އެންމެ ފަހުން ފެނިފައިވަނީ އާލިއާ ބަޓް އާއިއެކު މިދިޔަ މަހު ރިލީޒްކުރި "ގަންގޫބާއިކާތިއާވާޅީ" އިންނެވެ.