ޚަބަރު

ޢުމުރާގުޅޭ މައްސަލަތަކުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައަޅައިފި


ކޯޓުތަކަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން ޢުމުރު ބަދަލުކުރުމަށް އެދި ހުށައަޅާ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު ސުޕްރީމް ކޯޓުން ކަނޑައަޅުއްވައިފިއެވެ.އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު ސޮއިކުރައްވައި ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ފޮނުއްވި ޢާންމު ސިޓީއެއްގައި ވިދާޅުވެފައިވާ ގޮތުގައި، އުފަން ތާރީޚް އަންގައިދޭ ރަސްމީ ލިއުމެއް އޮންނަމަ، ޢުމުރު ކަނޑައެޅުމުގައި ހެއްކެއް ގޮތުގައި ބެލެވޭނީ އެ ލިއުމަކަށެވެ. އަދި ރަސްމީ ދެލިއުމެއް ތަޢާރަޒްވާނަމަ އެތަނުން ބެލެވޭނީ އެންމެ ޞައްޙަކަން ބޮޑު ލިއުމަކަށް ކަމަށް ސުޕްރީމް ކޯޓުގެ ޢާންމު ސިޓީގައިވެއެވެ.އެހެން ނަމަވެސް ރަސްމީ ލިއުމެއްގައި އޮތް އުމުރަކީ އަޞްލު ޢުމުރު ނޫންކަމަށް ސަލާމަތް ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ ޙާލަތްތަކުގައި (މިސާލަކަށް ބޭބެއަށްވުރެ ކޮއްކޮގެ ޢުމުރު ދޮށިވުން، މައިންބަފައިންނާއި ދަރިފުޅުގެ ޢުމުރު ދާދި އެއްވަރުވުން) ޢުމުރު ކަނޑައަޅާނީ ހެކިވެރިންގެ ހެކިބަހުން ކަމަށް އެ ސިޓީގައިވެއެވެ.އަދި ޢުމުރު ބަދަލު ކުރުމާގުޅޭ މައްސަލައެއްގައި ގޮތެއް ކަނޑައަޅުއްވާނީ އެފަދަ މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަށް ޚާއްސަ ކުރެވިފައިވާ ފަރާތްތަކާއި، ރަށުކައުންސިލާއި، ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން އެމީހެއްގެ ޢުމުރާ ގުޅޭ މައުލޫމާތު އެއްކުރުމަށްފަހު އެއައް ރިޢާޔަތްކޮށް ކަމަށް ސުޕްރީމް ކޯޓުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.